މިދިޔަ މަހުގެ ޓޫރިޒަމް އޮކިއުޕޭންސީ ހުރީ 69 އިންސައްތާގައި: އެމްއެމްއޭ

މިދިޔަ މަހުގެ ޓޫރިޒަމް އޮކިއުޕޭންސީ ހުރީ 69.1 އިންސައްތާގައިކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފިއެވެ.
މިދިޔަ މަހު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ އެންދުތައް ފުރޭ މިންވަރު (އޮކިއުޕޭންސީ) ހުރީ 69.1 އިންސައްތާގައިކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ނަމަވެސް، މިއަހަރުގެ ފެބްރުއަރީ މަހު މި އަދަދު އުޅުނީ 83.7 އިންސައްތައިގައެވެ. ޓުއަރިޒަމް އޮކިއުޕޭންސީ ރޭޓަށް ބަދަލު ގެންނަ އެންމެ ބޮޑު އެއްކަމަކީ އެ ސިނާއަތުގައި ބޭނުންކުރާ އެނދުގެ އަދަދު އިތުރުވުމެވެ. މީގެ ސަބަބުން އެދު ފުރޭ މިންވަރު ދަށަށް ގޮސް އޮކިއުޕޭންސީ ރޭޓު ދަށްވެއެވެ.
އެގޮތުން، އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މާޗްމަހުގެ ނިޔަލަށް ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތަށް ހާއްސަކޮށްގެން ބޭނުންކުރަމުން އައީ 843 ގެސްޓްހައުސްއާއި، 175 ރިސޯޓާއި، 15 ހޮޓަލުގެ އިތުރުން 147 ސަފާރީއެވެ. އަދި މި ތަންތަނުގައި ހުރި ޖުމްލަ އެންދުތަކުގެ އަދަދު 61،952އަށް އަރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ