އެންމެ މޫސުން ގޯސްވާނީ ށ އިން ފ އަށް، އޮރެންޖު އިންޒާރު ނެރެފި

މެޓުން ބުނީ މިރޭ 10:30 ގެ ނިޔަލަށް ށ އަތޮޅުން ފ އަތޮޅަށް މޫސުން ވަރަށް ގޯސްވާނެ ކަމަށެވެ. އެހެން ކަމުން އެ އަތޮޅުތަކަށް ވަނީ އޮރެންޖު އިންޒާރު ނެރެފަ އެވެ.
ށ އަތޮޅުން ފ އަތޮޅަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކޮށް އޮރެންޖު އިންޒާރު ނެރެފި އެވެ.
މޫސުމީ އިންޒާރުތަކުގެ ތެެރެއިން އޮރެންޖު އިންޒާރު ނެރެނީ އެ ސަރަހައްދެއްގެ މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ -- މެޓުން ބުނީ މިރޭ 10:30 ގެ ނިޔަލަށް ށ އަތޮޅުން ފ އަތޮޅަށް މޫސުން ވަރަށް ގޯސްވާނެ ކަމަށެވެ. އެހެން ކަމުން އެ އަތޮޅުތަކަށް ވަނީ އޮރެންޖު އިންޒާރު ނެރެފަ އެވެ.މިވަގުތުތަކުގައި ބޯކޮށްވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ގަޑިއަކު 3 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. ވިލާގަނޑުގައި 60 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކޮށްފައި ވެ އެވެ. މެޓުން ބުނީ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.މުޅި ރާއްޖޭގެ މޫސުން ގޯސްވެ ވިއްސާރަކޮށް ވައި ގަދަވެ ކަނޑުތައް ގަދަވެފައި އޮންނަތާ ދެތީން ދުވަހެއް ވެއްޖެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ