އަލްމަޝްއަރުން މި ފަހަރުވެސް ބައުންސް ޗެކްތަކެއް، އުމްރާވެރީން ތާށި

ދީނީގޮތުން ހަރުކަށި ފިކުރުގެ ބަޔަކު އިސްވެ ތިބި ހިންގާ އެ ޖަމާއަތުން މީގެ ކުރީން ވަނީ އެމެރޭޓް އާއި އޮމާން އަދި ސައުދިއްޔާއަށް ވެސް މިގޮތަށް ލަނޑުދީފައެވެ.
އަލް-މަޝްއަރު ގުރޫޕްގެ ހަވާލުގައި މި އަހަރު އުމްރާއަށް ގެންދިޔަ މީހުންނަށް ރާއްޖެ އާދެވޭނެ ގޮތް ބަންދުވެދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ. 
މީގެ ކުރީން ވެސް ވަރަށް ބޮޑެތި މައްސަލަތަކެެއް ދިމާވެފައި އޮތް މަޝްއަރު ގުރޫޕުން މި ފަހަރު 54 މީހުން އުމްރާއަށް ގެންދިޔަ އެވެ. އެ މީހުން ގެންދިޔައީ ޔޫއެލް ފްލައިޓެއް ގައެވެ.ނަމަވެސް ފްލައިޓަށް ފައިސާ ދައްކަން އެ ޖަމާއަތުން ދިން ހަތަރު ޗެކް ވަނީ ބައުންސް ވެފައެވެ. އެކަން އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވަނީ ހާމަ ކުރައްވާފައެވެ.ފިރާގު ވިދާޅުވި ގޮތުގައި ކުންފުނިން ޗެކް ހަވާލުކުރީ ފުރަން ވަގުތު ކުޑަތަން ވެފައި ވަނިކޮށެވެ. އެ ފުރުސަތު ދިނީ އުމްރާވެރީންނަށް ގެއްލުމެއް ވުމުގެ ފުރުސަތު ނުދިނުމަށެވެ. އެ ޖަމާއަތުން ދިން ހަތަރު ޗެކްވެސް ވަނީ ބައުސް ވެފައެވެ.އެހެން ކަމުން އުމްރާވެރީން ގެނައުމަށް ބާއްވަން ޖެހޭ ފްލައިޓް ވަނީ ސަސްޕެންޑް ކޮށްފައެވެ. އެ މީހުން އަންނަ ގޮތަށް އޮތީ ގަތަރު އެއާވޭސް ގަ އެވެ. ފިރާގު ވަނީ މައްސަލަ ބަލާ ދިވެހި އުމްރާވެރީންނަށް ދަތިނުވާނެ ގޮތަކަށް ކަންކަން އިންތިޒާމު ކޮށް ދިނުމަށް ކަމާބެހޭ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.ދީނީގޮތުން ހަރުކަށި ފިކުރުގެ ބަޔަކު އިސްވެ ތިބި ހިންގާ އެ ޖަމާއަތުން މީގެ ކުރީން ވަނީ އެމެރޭޓް އާއި އޮމާން އަދި ސައުދިއްޔާއަށް ވެސް މިގޮތަށް ލަނޑުދީފައެވެ. އެއިން އެއްވެސް އެެއާލައިނަކުން އެ ޖަމާއަތުގެ މީހުން މިހާރު ނުއުފުލަ އެވެ. އެ ގުރޫޕް ސަސްޕެންޑް ކޮށް މައްސަލަވެސް ބެލި އެވެ.ފިރާގު ވަނީ އެކަން ސަރުކާރާ އިސްލާމިކް މިނިސްޓްރީގެ ސަމާލު ކަމަަށް ގެނެސް ފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ