މުއްސަނދި ޔޫރަޕްގައި ފަގީރުންގެ ޖިފުޓިތައް

ތަރައްގީވެ ކުރިއަރާފައިވާ ގައުމުތަކުގައި އިންތިހާ ދަރަޖައަށް ފަގީރު އަވަށްގަނޑު ހުންނަކަން ފަހަރުގައި ގަބޫލު ނުކޮށްފާނެއެވެ. އިންތިހާ ދަރަޖައަށް ފަގީރުވުމުގެ ސަބަބުން މުޑުދާރު އެހާމެ ބައިބޯ އަވަށްގަނޑުތަކަށް އާއްމުކޮށް ކިޔާއުޅެނީ "ސްލަމް"އެވެ. 
ޔޫރަޕްގައި އެންމެ ގިނައިން ސްލަމް އާބާދީ އޮންނަ 12 ގައުމެއް އޮވެއެވެ. ޔޫރަޕިއަން ޔުނިއަން އާއި އދ ގެ ތަފްސީލީ ދިރާސަތަކުން އެންމެ ބޮޑަށް ފާހަގަވާ ސްލަމް އާބާދީ އޮތް ޔޫރަޕްގެ ފަސް ގައުމަކީ ރޫމޭނިއާ އާއި ސްޕޭނާއި އިޓަލީ އާއި ބެލަރޫސް އާއި ޔުކްރެއިނެވެ.    
1. ރޫމިނިއާ
ރޫމިނިއާގެ ސްލަމްގައި ދިރިއުޅޭ ގިނަ މީހުންނަކީ ރޯމާ އާބާދީއަށް ނިސްބަތްވާ މީހުންނެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތެއްގެ ގޮތުގައި ކުނި އަންދާ މީހުންނެވެ. ގައުމުގެ މުޅި އާބާދީގެ %14.4 މީހުން ދިރިއުޅެނީ ސްލަމްތަކުގައި ކަމުން މިއީ ދުނިޔޭގައި ސްލަމް އާބާދީ އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށް ބެލެވެއެވެ.
2. ސްޕެއިން
ސްޕެއިން އަކީ ޔޫރަޕްގެ އެންމެ ބޮޑު އެއް ސްލަމްގެ ގޮތުގައި ސިފަކުރެވެއެވެ. އާބަން ސްލަމްތަކުގައި 2.9 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ސްޕެއިން އަކީ ޔޫރަޕްގައި އެންމެ ގިނައިން ސްލަމް އާބާދީތައް ދިރިއުޅޭ އެއް ގައުމެވެ.
3. އިޓަލީ
ކޮވިޑް-19 އާއި ގުޅިގެން ސްލަމްގައި ދިރިއުޅޭ މީހުންނަށް ރަނގަޅު ގެތަކެއް ބިނާ ކޮށްދީ އިސްލާހު ކުރުމަށް އިޓަލީ ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
4. ބެލަރޫސް
ބެލަރޫސްގައި އާބާދީގެ %45.2 މީހުން ދިރިއުޅެނީ ސްލަމްތަކުގައި ކަމުން މިއީ މުޅި ޔޫރަޕްގައި އެންމެ ބޮޑު ސްލަމް އާބާދީ އޮންނަ އެއް ގައުމަށް ވަނީވެފައެވެ. 
5. ޔޫކްރޭން
ޔޫކްރޭނަކީ ރަޝިޔާއިން އެގައުމަށް އަރައިގަތުމުގެ ކުރިން ވެސް ޔޫރަޕްގައި އެންމެ ބޮޑު ސްލަމް އާބާދީއެއް އޮންނަ އެއް ގައުމެވެ. ޔުކްރޭންގެ އާބާދީގެ %18 މީހުން 2018 ވެސް ދިރިއުޅެނީ ސްލަމްތަކުގައެވެ. އޭގެ ފަހުން އެގައުމުގެ ބޯހިޔާވަހިކަމުގެ ހާލަތު އިތުރަށް ވަނީ ވަރަށް ބޮދަށް ގޯސްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ