މާލޭ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ސްޓެލްކޯއިން ދެމުން އަންނަ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދާތީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
އެކުންފުނިން ބުނީ، އެމަސައްކަތް ކުރިއަށް ގެންދާ ވަގުތު ކަރަންޓް ކެނޑިދާނެ ކަމަށް ބެލެވެނީފަންނުގެ ކާމިނީ މަގު، މާވެޔޮ މަގު، މާވެޔޮ ގޯޅި ހިމެނޭ ސަރަހައްދުން މެންދުރު 14:00 އިން 16:00 އަށް ކަމަށެވެ.
https://twitter.com/STELCOMALDIVES/status/1756275320993575287
ސްޓެލްކޯއިން ބުނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއްކަމަށްވާތީ ދިމާވާނެ ދަތިތަކަށް މަޢާފަށް އެދޭކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ