ބޭނުން ނުކޮށް ހުރި ސްކޫލް ލޮކަރަކުން 5.9 މިލިއަން ރުޕީސް އާއި 21 ގޯލްޑް ބާ ފެނިއްޖެ

އިންޑިއާގެ އަހުމަދުއާބާދު ސިޓީގައި ހުރި ކެންދްރިޔާ ވިދުޔާލާ ސްކޫލުގައި ގިނަ ދުވަސްތަކެއް ބޭނުން ނުކޮށް ހުރި ލޮކަރަކުން 21 ގޯލްޑް ބާ އާއި އަދި 5.9 މިލިއަން ރުޕީސް ފެނިއްޖެ އެެވެ.
ސްކޫލުގެ ޕްރިސްޕަލް އަވަދޭޝް ކުމާރާ ހަވާލާދީ އިންޑިއާގެ ފުލުހުން ބުނެފައި ވަނީ އެތަކެތި ސްކޫލުގެ ލޮކަރެއްގެ ތެރޭން ފެނުނީ އިއްޔެ ސްކޫލު ސާފުކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.
"ޕްރިންސިޕަލް ކުމާރާއި އޭނާގެ ސްޓާފުން ސްކޫލުގެ ލޮކަރުތައް ސާފުކުރަން އުޅުމުގެ ތެރޭގައި އެތަކެތި ފެނުނީ. ކުމާރު އޭނާގެ ސްޓާފުންނަށް އެންގީ ނުހުޅުވާ ގިނަދުވަސް ވެފައި ހުރި ލޮކަރުތައް ހުޅުވަން. ވިހި ލޮކަރެއް ހުރި ނުހުޅުވާތާ ގިނަދުވަސްވީ، އޭގެ ތެރެއިން ފަސް ލޮކަރެއް ހުރި ތަޅުދަނޑި ގެއްލިފައި." ޕޮލިހުން ބުންޏެވެ.
ޖުމްލަ 1.59 ކޮރޯޑު ރުޕީސް އަށްވާ ރަނާއި ފައިސާ ފެނިފައި ވަނީ ތަޅުދަނޑި ގެއްލިފައިވާ ފަސް ލޮކަރުގެ ތެރެއިން ދެ ލޮކަރެއް ހަލާކުކޮށްލައިގެން ބެލި ބެލުމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ ފައިސާ އާއި ރަންް ފެނިފައި ވަނީ ލޮކަރުގެ ތެރޭގައި ހުރި ދަބަހެއްގެ ތެރޭން ކަމަށް ވެސް ބުންޏެވެ.
ސްކޫލުގައި ލޮކަރުތަތައް ވަކި ބަޔަކަށް ހާއްސަކޮށްފައި ނުހުންނަ ކަމަށާއި އެ ވަގުތަކު ހުސްކޮށް ހުންނަ ލޮކަރެއް ޓީޗަރުންނަށް ދޭ އުސޫލު އެ ސްކޫލުގައި ގެންގުޅޭތީ އެއީ ކާކު ބޭނުން ކުރި ލޮކަރެއް ކަން އެނގެން ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ ލޮކަރުތައް ބޭނުންކޮށްފައި ވަނީ މީގެ ދެ އަހަރު ކުރިން ކަމަށް ސްކޫލުން މައުލޫމާތު ދީފައިވާ އިރު، ޕްރިންސްޕަލް އަދި ސްކޫލުގެ އެއްވެސް ސްޓާފަކަށް ވެސް ލޮކަރު ބޭނުންކުރި މީހަކު ސާފު ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މައުލޫމާތު: އެންޑީޓީވީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ