މާފުށި ޖަލުގައި 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒް ކުރަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރަން އެމްޑީޕީން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއެކު ހެދި ޑީލްތަކާއި ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ ސަރުކާރާއި އެމްޑީޕީއާ އެކު ފެށި މަޝްވަރާތަކުގައި 26 ޖުލައި 2015 ގައި ރައީސް ނަޝީދު މިނިވަންކުރަން ސަރުކާރުން އެއްބަސްވި ކަމަށް ބުނެ އެމްޑީޕީން މިއަދު ނެރުނު ބަޔާނަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގަ އެވެ.
އުމަރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ނަޝީދު މިނިވަންކުރުމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ އެކު އެމްޑީޕީން ޑީލް އެއް ހެދިނަމަވެސް އެއީ ސަރުކާރާއި ބެހޭ ކަމެއް ނޫން ކަމަށެވެ.
ނަޝީދުގެ ހުކުމް ތަންފީޒްކުރަމުން ދަނިކޮށް ހުކުމުގެ ބާކީ ބައި ގޭބަންދަށް ބަދަލުކުރި ކަމަށް ބުނެ ލިޔުމެއް ހަވާލުކޮށްފައި ވަނީ މިިދިޔަ އަހަރުގެ ޖުލައި 19 ވަނަ ދުވަހު އެވެ.
ނަޝީދު މިނިވަންކުރަން ސަރުކާރުން އެއްބަސްވި ކަމަށް އެމްޑީޕީން ބުނި ނަމަވެސް ސަރުކާރުން ބުނެފައި ވަނީ ނަޝީދު ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށް ބުނެ މޯލްޑިވެސް ކަރަކްޝަނަލް ސާވިސް އިން މީގެ ކުރިން ދޫކުރި ލިއުމަކީ ވެސް ސައްހަ ލިއުމެއް ނޫން ކަމަށެވެ. އަދި އެލިޔުމަކީ ސައްހަ ލިއުމެއްތޯ ބަލަން ފުލުހުން މިހާރު ވަނީ ނަޝީދާ ވެސް ސުވާލުކޮށްފަ އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި އެމަނިކުފާނުގެ މައްޗަށް އުފުލުނު ޓެރަރިޒަމްގެ ދައުވާ ސާބިތުވެ ޖަލަށް ލުމަށް ހުކުމްކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 13 ވަަނަ ދުވަހު އެވެ.
ނަޝީދު މިނިވަންކުރަން އަދީބް އެމްޑީޕީއާއެކު ހެދި ޑީލަކީ ސަރުކާރާ ބެހޭ ކަމެއް ނޫން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ