އަލީ ރަޝީދާއި މުހައްމަދު އިބްރާހިމް ސުޕްރީމް ކޯޓަށް އައްޔަންކުރަން މަޖިލީހަށް ފޮނުވައިފި

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަލީ ރަޝީދު ހުސެއިންނާއި ގާނޫނީ ވަކީލް ޑރ. މުހައްމަދު އިބްރާހިމް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފިއެވެ. 
މި ދެ ބޭފުޅުންގެ ނަން އެންމެ ފުރަތަމަ ޖޭއެސްސީގެ ލަފާ ހޯދުމަށް ފޮނުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ޖޭއެސްސީއިން ވަނީ އެ ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފެންނަ ކަމަށް ލަފާދީފައެވެ. އެހެންވެ މިއަދު ރައީސް، އެ ދެ ނަން މަޖިލީހަށް ފޮނުއްވީއެވެ. 
ދެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަލީ ރަޝީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ކުރިމިނަލް ކޯޓުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީއެވެ. އޭނާ ސުޕްރީމް ކޯޓަށް އައްޔަން ކުރާތީ އިދިކޮޅުން ފާޑުކިޔާފައިވެއެވެ. 
ގާނޫނީ ވަކީލް ޑރ. މުހައްމަދު އިބްރާހިމަކީ ސުޕްރީމް ކޯޓުގައި އެންމެ ފުރަތަމަ ވަކާލާތު ކުރެއްވި ވަކީލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ