ފައިސާ ނުދައްކައިގެން ކުމުންދޫ މަގު ބައްތިތަކުން ކަރަންޓް ކަނޑާލައިފި

ކަރަންޓް ބިލްތަކަށް ފައިސާ ނުދައްކައިގެން ކުމުންދޫ މަގު ބައްތިތަކުން މިއަދު ކަރަންޓް ކަނޑަލައިފިއެވެ.
ކުމުންދޫ ކައުންސިލް މެމްބަރަކު ވިދާޅުވީ ބިލްތަކަށް ފައިސާ ނުދައްކާނަމަ ކަރަންޓް ކަނޑާލާނެކަމަށް ކުމުންދޫ ފެނަކަ ބްރާންޗުން އިއްޔެ އެންގުމަށްފަހު މިއަދު މަގު ބައްތިތަކުން ކަރަންޓް ކަނޑަލާފައިވާ ކަމުގައެވެ.
ނަމަވެސް މިރޭ އަލުން ކަރަންޓް ދިންކަމަށާއި ފެބްރުއަރީ މަހުން ފެށިގެން ކަރަންޓް ބިލްތައް ނުދެއްކިވަނީ އެ ބިލްދައްކާ ކޯޑްގައި ފައިސާ ނެތުމުން ކަމަށް ކައުންސިލް މެމްބަރު ވިދާޅުވިއެވެ. އަދި ފައިސާ ހަމަޖައްސައި ދިނުމަށް މިހާރު ފިނޭންސް ގައި އެދިފައިވާނެކަމަށް ކައުންސިލް މެމްބަރު ވިދާޅުވިއެވެ.
ކުމުންދޫ ކައުންސިލް މެމްބަރު ވިދާޅުވީ ފައިސާ ނެތުމުން ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހާއި ހަމައަށް 74408.31 ރުފިޔާގެ ބިލްތައް ނުދެއްކިވާ ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ