ސަސްޕެންޑްކޮށްފައިވާ 54 ވަކީލުންގެ ސަސްޕެންޝަން އުވާލަން ގާނޫނީ ވަކީލު މައުމޫން ހަމީދު ގޮވާލައްވައިފިއެވެ.
މައުމޫން ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަކީލުން ސަސްޕެންޑު ކުރަން ނިންމާފައިވަނީ ޑިއު ޕްރޮސެސްއަށް އަމަލު ކުރުމާއި ބެހޭ ގޮތުން ސްޕްރީމް ކޯޓުން ކަނޑައަޅާފައިވާ އޫސުލުތަކާއި ހިލާފަށް ކަމަށާއި އެހެންކަމުން ވަގުތުން އެ ނިންމުން ބާތިލުކުރަންޖެހޭ ކަމަށެވެ.
ޝަރުޢީ ކޯޓުތަކުގައި ވަކާލާތު ކުރުން ވަގުތީ ގޮތުން މަނާކޮށްފައި ވަނީ ދާދިފަހުން ސުޕްރީމް ކޯޓަށް ޤާނޫނީ ވަކީލުންތަކެއް ހުށަހެޅި ޕެޓިޝަނުގައި ސޮއި ކުރި ވަކީލުންނެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ) އާ ޚިލާފަށް، އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދާއި، އެ ޤަވާޢިދުގެ ޖަދުވަލު 1 ގައިވާ ޤާނޫނީ ވަކީލުންގެ އިޤުރާރާއި، އަދި ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާޢިދާ ޚިލާފަށް، އަދި ޤާނޫނުއަސާސީއާ ޚިލާފަށް ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މުސްތަޤިއްލުކަމާއި، ފަނޑިޔާރުންގެ މުސްތަޤިއްލުކަމަށް ހުރަސް އެޅޭގޮތަށް ޖަމާޢަތް ހަދައިގެން ޣައިރު ޤާނޫނީ ގޮތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ދޮށަށް އެއްވެ، ޢަދުލު އިންޞާފުގެ ބާރުގެ މަސައްކަތާއިބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިޚްތިޞާޞްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފު ޣައިރު ޤާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ޙުރުމަތް ކެނޑި މައްސަލަ ބަލައި ތަޙްޤީޤުކުރަމުންދާތީ، ބައެއް ވަކީލުންދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ވަނީ މަނާކުރެވިފައެވެ."
ސަސްޕެންޑް ކުރި ޤާނޫނީ ވަކީލުންގެ ތެރޭގައި މަޝްހޫރު ބައެއް ވަކީލުން ވެސް ހިމެނެއެވެ. އޭގެތެރޭގައި ކުރީގެ ބަންޑާރަނައިބު ހުސްނުއް ސުޢޫދު، މަހްފޫޒް ސައީދު، މޫސާ ސިރާޖު، ރައްޔިތުންގެ މަޖިލީހުގެ މެންބަރު މާރިޔާ އަހްމަދު ދީދީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިމްތިޔާޒް ފަހްމީ، ނާޒިމް އަބްދުއްސައްތާރު އަދި އަނަސް އަބްދުއްސައްތާރު ވެސް ހިމެނެއެވެ.
ވަކީލުންގެ ސަސްޕެންޝަން އުވާލަން މައުމޫން ހަމީދު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ