މާދަމާ މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކަނޑާލާނެ ކަމަށް ދެކެވޭ ވާހަކަތައް މާލެ އަށް ކަރަންޓް ފޯރުކޮށްދެމުންދާ ސްޓެލްކޯ އިން ދޮގުކޮށްފިއެވެ.
މާދަމާ މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކަނޑާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލް "ވަގުތަށް" ވިދާޅުވީ މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކަނޑާލުމަށް ރާވާފައި ނެތް ކަމަށެވެ. ނަމަވެސް މަސައްކަތެއް ކުރުމަށްޓަކައި އާންމު އުސޫލުން ކުޑަ ސަރަހައްދަކުން ކަރަންޓް ކަނޑާލުމަކީ އެކަށީގެންވާ ކަމެއް ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިޔުމެއްގައި ބުނެފައި ވަނީ މާދަމާ ހެނދުނު 09:30 އިން 11:00 އަށް މާލެ އިން ކަރަންޓް ކަނޑާލާ ކަމަށެވެ.
މިއީ މާދަމާ އިދިކޮޅު ފަރާތްތަކުން ކުރަން ރާވާފައިވާ މުޒާހަރާގެ ޚަބަރުތައް ފެތުރުން ހުއްޓުވަން ކުރާ ކަމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ވާހަކަދައްކަމުންނެވެ.
މާދަމާ މާލެ އިން ކަރަންޓް ކަނޑާލާނެ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ