ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާ އެކަން ޕާޓީގެ އޮފީހަށް އުމަރު ނަސީރު ރަސްމީކޮށް އަންގައިފިއެވެ.
މިރޭ ރައީސް މައުމޫނަށް އެކަން އަންގާ އުމަރު ނަސީރު ވަނީ ސިޓީއެއް ހުށައަޅާފައެވެ.
މިސިޓީގައި އުމަރު ވިދާޅުވެފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 68 ވަނަ މާއްދާގައިވާގޮތުގެ މަތިން 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވޭ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން އަސާސީ ގަވާއިދުގެ 29 ވަނަ މާއްދާގެ ދަށުން ފާޅުުކުރާކަމަށެވެ.
ޕީޕީއެެމްގެ ރިޔާސީ ޓިކެޓް ހޯދުމަށް އުމަރު މަސައްކަތް ފަށާފައިވާއިރު، 2018 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަމަށް އުމަރު އިއުލާންކުރެއްވީ ކުއްލިގޮތަކަށް މިއަދުގެ ވަގުތެއްގައެވެ.
ޕްރައިމަރީގައި ވާދަކުރަށް ޝައުގުވެރިވާކަމަށް އުމަރު މައުމޫނަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ