އުކުޅަހަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އއ.އުކުޅަހަށް ބޯކޮށް ވާރޭވެހި ބައެއްގޭގެއަށް ފެންވަދެއްޖެއެވެ.
މެދު ނުކެނޑި އެރަށަށް ވާރޭވެހި ފެންބޮޑުވެފައިވާތީ ޕަމްޕުތައް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރަށް ގޭގޭގައި ވެލި ބަސްތާ ޖަހައި އިތުރަށް ފެން ވަނަ ނުދިނުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މި މަސައްކަތުގައި ރަށުކައުންސިލްގެ އެއްބާރުލެއްވުމާއި މަދަދު ވެސް ދަނީ ލިބެމުންނެވެ.
އެރަށުން ފެން ބޭރު ކުރުމަށްޓަކައި އެކްސްކަވޭޓަރ ބޭނުން ކޮށްގެން ކޯރެއް ކެނޑުމުގެ މަސައްކަތް ވެސްދަނީ ކުރަމުންނެވެ. ފެންބޮޑުވުމުގެ ސަބަބުން އެއްވެސް ގެއަކަށް ގެއްލުންވި ކަމެއް އެނގިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ