އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކޮށް 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ވެރިކަން ހޯއްދަވައިދެއްވާނެ ކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން ފަހުމީ މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓްތަކެއްގައެވެ.
އަލްހާން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ޓެރަރިސްޓެއް ނޫން ކަމަށާއި އެމަނިކުފާނަށް ކުރިމަތިވި ބޭއިންސާފާ އަބަދުވެސް ދެކޮޅަށް، އެމަނިކުފާނު ސަލާމަތް ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ރައީސް ނަޝީދު މިނިވަންވުމަކީ އޭނާ އެންމެ އެދޭ ގޮތް ކަމަށް އަލްހާން ވިދާޅުވެފައިވެއެވެ.
އަލްހާން ވިދާޅުވީ ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީއަކީ ބޮޑެތި އޮޅުވާލުންތަކެއް ހިނގި އިންތިހާބެއް ކަމަށާއި އެކަމާ އަޑު އުފުލާނެ ކަމަށެވެ.
"ކިތަންމެ ފުރައްސާރަ ކުރިއަަސް ޕާޓީގެ ތެރޭގައި ކަންކަން އިސްލާހުކުރަން އަޑު އުފުލާނަން، އިންސާފު އެންމެންނަށް ލިބެން ޖެހޭނެ،" އަލްހާން ވިދާޅުވިއެވެ.
އަދި 2018 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށާއި އެކަމުގެ ޝައުގުވެރިކަން ފާޅުކުރުމަކީ ލިބިފައިވާ ހައްގެއް ކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.
މީގެއިތުރުން އަލްހާން ވިދާޅުވީ އެމްޑީޕީ ހަރުގޭގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ފޮޓޯ ޖަހައިގެން އެ ބޭފުޅާ މިނިވަން ކުރެއްވުމަށް އެމްޑީޕީއިން ގޮވުމަކީ އެއްވެސް އަސާސެއްގެ މައްޗަށް ކުރާ ކަމެއް ނޫން ކަމަށެވެ. އަދި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނުކަން ސާބިތުވެ، 11 އަހަރަށް ޖަލަށްލާފައި ހުރި ނާޒިމް ދޫކޮށްލުމަށް ނުގޮވޭނެ ކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.
އަލްހާންގެ ޓްވީޓެއްގައި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދަށް ފާޑު ވިދާޅުވެފައިވެއެވެ. އެގޮތުން "ފިލައިގެން ތިބެގެން ޕާޓީ ނުހިންގޭނެ" ކަމަށާއި މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ރިޔާސީ ޕްރައިމަރީ ކާމިޔާބުކޮށް 2018 ގެ އިންތިހާބު ކާމިޔާބުކޮށްދޭނަން - އަލްހާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ