ސިފަމާގެ ކުޑަކުދިންގެ ހަވީރު ބާއްވައިފި

ސިފައިންގެ ފެމެލީ އެސޯސިއޭޝަން (ސިފަމާ) ގެ ފަރާތުން ކުޑަކުދިންގެ ހަވީރެއް، ކުޑަކުދިންގެ ބަގީޗާގައި ބާއްވައިފިއެވެ.
އިއްޔެ ހަވީރު 04:30 ން 18:30 އަށް ބޭއްވުނު މިހަވީރަކީ ކުޑަކުދިންގެ ދުވަހުގެ މުނާޞަތަކާ ގުޅުވައިގެން ހެޔޮއެދޭ ގިނަފަރާތްތަކެއްގެ އެހީތެރިކަމާއެކު ސިފަމާގެ ފަރާތުން އިމްތިޒާމްކޮށްގެން ބޭއްވި އާއިލީ ހަވީރެކެވެ. މިއާއިލީ ހަވީރުގައި، މާލޭގެ ބައެއް ސްކޫލްތަކުންވަނީ ކުޑަކުދިންނާ ގުޅުންހުރި އައިޓަމްތަކެއް ހުށަހަޅައިދީފައެވެ. މިގޮތުން، ބައެއް މިއުޒިކް އައިޓަމްތަކުގެ އިތުރުން ބޮޑު ބެރުގެ އައިޓަމެއްވަނީ ހުށަހަޅައިދީފައެވެ.
އަދި މީގެ އިތުރުން، މިކުޑަކުދިންގެ ހަވީރުގައި ކިނބުލަށް ކާންދިނުމާއި، ޑްރޮއިން އެންޑް ޕެއިންޓިންއާއި، ފޭޝަލް ހެދުމާއި، ފޭސް ޕެއިންޓްކުރުމާއި ދަޅު ވެއްޓުމާއި، ރައިފަލް ޝޫޓިންގެ އިތުރުން މިފަދަ ކުޑަކުދިންނާ ގުޅޭ ގިނަ ޙަރަކާތްތަކެއް އެކުލެވޭ ތަފާތު ސްޓޯލްތަކާއި އަދި ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މިލިޓްރީ ޕޮލިސް، ސްޕެޝަލް ފޯސް އަދި ސިފައިންގެ ބައެއް ޔުނީފޯރމްތަކާއެކު ކުޑަކުދިންނަށްވަނީ ފޮޓޯނެގުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
ކުޑަކުދިންގެ ހަވީރަށް އާއްމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިގެންގޮސްފައިވާއިރު، ގިނަ ޢަދަދެއްގެ ކުޑަކުދިންވަނީ މި ހަވީރަށް ޒިޔާރަތްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ