ހުޅުމާލޭ ކޯޓުން ކޯޓު އަމުރު ނެރުން ހުއްޓާލައިފި

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ކޯޓު އަމުރު ނެރުން ހުއްޓާލައިފިއެވެ. ހުޅުމާލޭ ކޯޓުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، އެ ކޯޓުން އެގޮތަށް ނިންމީ ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާއަކާ ގުޅިގެން ކަމަށެވެ. ސުޕްރީމް ކޯޓުން މިމަހުގެ ހަތް ވަނަ ދުވަހު ނެރުނު ސާކިއުލާގައި ވަނީ މާލޭގައި ހިނގާ ޖިނާއީ މައްސަލަތަކާ ގުޅިގެން ކޯޓު އަމުރު ނެރޭނީ ހަމައެކަނި ކްރިމިނަލް ކޯޓުން ކަމަށެވެ. ސުޕްރީމް ކޯޓުން އެގޮތަށް ހަމަޖައްސާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމަށް ސައްޚަ ނޫން ކޯޓު އަމުރެއް އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާން ނެރުއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފެންމަތިވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ