މޫސުން ގޯސްވާނެތީ ރާއްޖޭގެ ބޮޑުބަޔަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވާނެތީ ރާއްޖޭގެ ބޮޑުވަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ދެމެދަށް މެންދުރު 02:00 އިން ރޭގަނޑު 08:00 އަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ