ުފުވައްމުލަކުން ސިޓީން މިއަދު މެންދުރުފަހު ކަރަންޓު ކަނޑާލަނީ

ފުވައްމުލަކު ސިޓީން މިއަދު ކަރަންޓު ކަނޑާލުމަށް ނިންމައިފިއެވެ.
ފުވައްމުލަކު ފެނަކަ ބްރާންޗުން ނެރުނު އިޢުލާނުގައީ ބުނެފައިވަނީ، ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި ގެނެވުނު ޓްރާންސްފޯމަރ އިންސްޓޯލް ކުރުމުގެ މަސައްކަތަށް ކުރުމަށް މިއަދު މެންދުރު 14:00 އިން ހަވީރު 17:00 އަށް މުޅި ރަށުން ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެވަގުތުގައި ސަޕްލައި ފެނުގެ ޕްރެޝަރު ދަށް ވުށްވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ފެނަކާއިން ނެރުނު އިއުލާނުގާއި ބުނެފައިވެއެވެ.
އެއްވެސް ސަބަބުތާކާ ހުރެ ކަރަންޓު ކެނޑޭގޮތް ދިމާވެއްޖެނަމަ ކަރަންޓު ކެނޑޭ ކޮންމެ ފަހަރަކުވެސް ބޭނުންކުރާ އިލެކްޓްރޯނިކް ހުރިހާ ތަކެއްޗެއްގެ ސްވިޗް ނިއްވާފައި ބެހެއްޓުމަކީ ރައްކާތެރި ކަމެއް ކަމަށްވެސް އިޢުލާނުގައި އިވެއެވެ.
ފުވައްމުލަކު ކަރަންޓުގެ މައްސަލަ ޖެހިފާވަނީ މިހަފްތާގެ ހޯމަ ދުވަހުއެވެ. އެ ދުވަހު މުޅިއެއް ސިޓީން ވަނީ ކަރަންޓު ކެނޑިފައެވެ. އަދި ފެނަކއިން ވަނީ ޖެހިގެން އައި ދުވަހު އައްޑޫއިން ޓްރާންސްފޯމަރެއް ފުވައްމުލަކަށް ގެންގޮސް ފުވައްމުލަކު ކަރަންޓު ވިއުގައާ ގުޅާލުމުގެ މަސައްކަތް ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ