މެމްބަރު އަލްހާން ފަހުމީ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުވާލައިފި


 
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
 
މިހަމަލާއާ ގުޅިގެން އަލްހާނަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު ރާއްޖޭން ބޭރަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭޑީކޭގައި ހުރި އެމްބީސީގެ ރިޕޯޓަރ ބުނެއެވެ.  ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލް އިނގޭނީ މިހާރު ހަދާފައިވާ ޓެސްޓްތަކުގެ ނަތީޖާ ލިބުމުން ކަމަށް އޭޑީކޭގައި ހަރަކާތްތެރިވާ އަލްހާންގެ އާއިލާއިން މައުލޫމާތުދެއެވެ. އެހެން ނަމަވެސް އަލްހާންގެ އެއްފައިގެ ވާގިނެތިފައިވާ ކަމަށް ޢާއިލާއިން ބުނެއެވެ. މިރޭ އިރާކޮޅު ހެންވޭރު "ބްރޭކް ވޯޓަރ" ރެސްޓޯރެންޓްގައި ތިން މީހަކާއެކު އިންނަވަނިކޮށް ހަމަލާ ދީފައިވަނީ އަލްހާންގެ ބުރަކަށްޓަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މިމައްސަލަޔާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
 
އަލްހާން  ފަހުމީއަށް މިރޭ ދިން ހަމަލާ ސަރުކާރުން ވަރަށް ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށް ރަޢީސް އޮފީހުގެ ވަނީ ބުނެފައެވެ. އަދި މަޖިލީހުގެ ރަޢީސްވެސް ވަނީ މިހަމަލާ ކުށްވެރި ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ