ގެއްލިގެން ހޯދާ ދެ ކުދިންގެ ތެރެއިން އަލީ ފަހްމީގެ ސޯޓް ފެނިއްޖެ!

އައްޑޫ ސިޓީގެ ހިތަދޫގައި މޫދަށް އެރި އުޅެނިކޮށް މިދިޔަ ހޮނިހިރު ދުވަހު ގެއްލުނު ދެކުދިންގެ ތެރެއިން ހިތަދޫ، ޗަނބޭލީގެ، އަލީ ފަހުމީ ލައިގެން ހުރި ސޯޓް ފެނިއްޖެ އެވެ.
އަލީ ފަހްމީގެ އާއިލާއާ ހަވާލާދީ އެ ކުއްޖާގެ އަވަށްޓެރިޔަކު މިއަދު ވަނީ މިކަން ވީނިއުސްއަށް ޔަގީންކޮށްދީފަ އެވެ.
ވީނިއުސް އަށް މައުލޫމާތު ދިން މީހާ ބުނީ އަލީ ފަހްމީ ހޮނިހިރު ދުވަހު މޫދަށް ދިޔައީ އޭނާގެ ކޮއްކޮއެއްގެ ސޯޓް ލައިގެން ކަމަށާއި މި ސޯޓް ފެނިފައިވަނީ އަލީ ފަހްމީ މޫދަށް އެރި އުޅުނު ހިތަދޫ މެދު ދާއިރާގެ ފުއްޓަރު ފަރާތުން ފަރުމަތިން ކަމަށެވެ.
މައުލޫމާތު ދިން މީހާ ބުނީ މި ސޯޓް ފެނިފައިވަނީ ފުލުހުންނަށް ކަމަށެވެ. ނަމަވެސް މިކަމުގައި ފުލުހުންގެ ބަހެެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
-- ތަފްސީލް އަންނަނީ --
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ