އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކުން ހިތް އެދޭ ގޮތާއި ޚިލާފަށް ކޯޓަކުން ޙުކުމެއް ކޮށްފިނަމަ އެހިސާބުން ކޯޓުތައް ގޯސްވީއެވެ. ފަނޑިޔާރުންގެ އަބުރާއި ބެހި އެމީހުންނަށް ހަމަލާ ދިނުމަށް ވެސް ގޮވާލައެވެ.
އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން ހިތް އެދޭ ގޮތަށް ހުކުމެއް ކޮށްފިނަމަ އެވާހަކަ ދެއްކުމެއް ނޯވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ރިޝްވަތު ފައިސާ ވައްދައި އެ މަޖިލިސް ޚަރާބުކުރަން އުޅުއްވި ވިޔަފާރިވެރިއެއްގެ މައްޗަށް ޖަލު ހުކުމެއް އައުމުން ގާޒީ “ނޮޅައިގެން ކާލާ” ހިސާބަށް ދިޔައެވެ.
އެހެން ނަމަވެސް ގާސިމަށް ހުކުމް ކުރިތާ 24 ގަޑިއިރު ނުވަނީސް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މަހުލޫފް ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރިއެވެ.
މަހްލޫފްގެ މައްސަލަ ބެއްލެވީ ގާސިމްގެ މައްޗަށް ހުކުމް ކުރެއްވި ގާޒީއެވެ. އެމްޑީޕީ މެންބަރުން ގޮވަމުން ދިޔައީ އިންސާފު ލިބިއްޖެ ކަމަށެވެ.
އެހެންވީމާ މީގެއިން ހާމަވި ކަމަކީ، އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކުން މި ދައްކާ “އިންސާފަކީ” އެމީހުން ހިތްއެދޭ ގޮތަށް ކުރާ ހުކުމްތައް ކަމެވެ. ނުވަތަ ބޮޑުކެކުރި ކުޑަކެކުރި އިންސާފެވެ.
މަހްލޫފް ދޫކޮށްލުމުން ގާޒީ ބަރާބަރު! ގާސިމް ޖަލަށް ލުމުން ގާޒީ އަކީ “ޖާހިލެއް”!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ