ދެ މުވަޒަފަކަށް ޓެރަރިޒަމް އަށް ތުހުމަތު ކުރުމުން ރައީސް މައުމޫން ޝޮކެއްގައި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ އަރިހުގައި މަސައްކަތް ކުރި ދެ މުވައްޒަފަކު ޓެރަރިޒަމުގެ ތުހުމަތަށް ހައްޔަރު ކުރުމުން ސޮކެއް ލިބި ގަބޫލުފުޅު ކުރައްވަން ވެސް ދަތިވެފައި ހުންނެވި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިއަދު ވަރަށް އަސަރާއެކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ދެ މުވަޒަފުން ކަމަށްވާ އަމިއްލަ ފާރަވެރިކަށާއި އޮފީސް އަންހެން މުވަޒަފަކަށް ޓެރަރިޒަމްގެ ދައުވާއެއް އުފުލުމުން ގަބޫލު ކުރަން ދަތިފުޅުވި ކަމަށާއި ޓެރަރިޒަމުގެ ތުހުމަތު ކުރުމުން ޝޮކެއް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި ހައްޔަރު ކުރި އަންހެން މުވަޒަފަކީ ނުވަ މަހުގެ ތުއްތު ކުއްޖެއްގެ މަންމަ އެއް ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
ބުދަ ދުވަހުގެ ހަވީރު ފުލުހުން ހިންގި އޮޕަރޭޝަންގައި ރައީސް މައުމޫނާއި ގުޅުން ހުރި ތިން ގެއެއް ފާސްކޮށްފައިވާ އިރު ތިން މީހަކު ހައްޔަރު ވެސް ކޮށްފައިވެއެވެ. ފާސްކޮށްފައިވަނީ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ކޮއްކޮ ފަރީޝާ އިބްރާހީމްގެ އެންދެރިގަހާއި ރައީސް މައުމޫންގެ ބޮޑިގާޑެއް ކަމަށްވާ މުހައްމަދު އަޒްމީ ގެ ގެ ޕެންޒީހައުސްއާއި، ރައީސް މައުމޫންގެ އަރިހުގައި މަސައްކަތް ކުރައްވާ ނަޖުމާ އިބްރާހީމް އުޅެމުން ދިޔަ ގެއެވެ.
އެންދެރިގަސް އިން ފުލުހުން ބިދޭސީ ޑްރައިވަރަކު ހައްޔަރުކޮށްފައިވާ އިރު ނަޖުމާއާއި އަޒްމީ ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
ނަމަވެސް ނަޖުމާ ގެ ގާތުން ކުރުދޭ ތުއްތު ކުއްޖެ އޮތުމުން އޭނާ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ