ހދ. ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ 18 ވަނަ އެޓޯލް އިންޓަ ސްކޫލް އެތުލެޓިކްސް މީޓުގެ ދެ ވަނަ ދުވަހުގެ މެންދުރު ފަހުގެ ސެޝަންގައި 13 އިވެންޓް ކުރިޔަށް ގެންގޮސްފި އެވެ.
މުބާރާތުގެ 11 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 50 މީޓަރު ދުވުމުން އެއް ވަނަ ހޯދީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ އުމަރު އާހިލް އިބްރާހީމް އެވެ. މިއުމުރުފުރާގެ އަންހެން ކުދިންގެ 50 މީޓަރު ދުވުމުން އެއް ވަނަ ހޯދީ ހދ. އަތޮޅު މަދަރުސާގެ ފާތިމަތު ޝިއުރާ އެވެ.
މިއަދު ކުރިއަށް ގެންދިޔަ 13 އަހަރުން ދަށުގެ އަންހެން ކުދިންގެ ލޯންގް ޖަމްޕް އިން އެއް ވަނަ ހޯދީ ހދ. ތައުލީމީ މަރުކަޒުގެ މައިޝާ އަލީ އެވެ. އަދި މިއުރުފުރައިގެ ފިރިހެން ކުދިންގެ 200 މީޓަރު ދުވުމުން އެއް ވަނަ ހޯދީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިސްމާއީލް ޒަޔާން އެވެ. އަދި އެ އުމުރުފުރައިގެ އަންހެން ކުދިންގެ 200 މީޓަރު ދުވުމުން އެއް ވަނަ ހޯދީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ މައިޝާ އާދަމް އެވެ.
މިއަދު ކުރިއަށް ގެންދިޔަ 15 އަހަރުންދަށުގެ ފިރިހެން ކުދިންގެ 200 މީޓަރު ދުވުމުން އެއް ވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ އަސްއަދު އަހުމަދު އެވެ. 15 އަހަރުން ދަށުގެ އަންހެން ކުދިންގެ 200 މީޓަރު ދުވުމުން އެއްވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ ނަޝާ ނިޒާރު އެވެ. 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 200 މީޓަރު ދުވުމުން އެއް ވަނަ ހޯދީ ޝަރަފުއްދީން ސްކޫލް (އައްޑޫ ސިޓީ)ގެ ހުސައިން ޝަހުދާން ފަހުމީ އެވެ. އެ އުމުރުފުރައިގެ އަންހެން ކުދިންގެ 200 މީޓަރު ދުވުމުން އެއް ވަނަ ހޯދީ ހިރިޔާ ސްކޫލްގެ އާއިޝަތު ސަރާ އެވެ.
ފަނަރަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ 1500 މީޓަރު ދުވުމުން އެއް ވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ ނައުފަލް އަހުމަދު އެވެ. މިއުމުރުފުރާގެ އަންހެން ކުދިންގެ 1500 މީޓަރު ދުވުމުން އެއް ވަނަ ހޯދީ ޖަލާލުއްދީން ސްކޫލްގެ ޝާނިޔާ އަހުމަދު އެވެ.
މުބާރާތުގެ ދެވަނަ ދުވަހުގެ އިވެންޓްތަކާ އެކު މުބާރާތުގެ ޕޮއިންޓް ޓޭބަލްގައި 11 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 18 ޕޮއިންޓާއެކު އެއް ވަނަ މަގާމް ގައި އަދި އޮތީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 21 ޕޮއިންޓާއެކު އެއް ވަނަ މަގާމްގައި އަދި އޮތީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 23 ޕޮއިންޓާއެކު ޖަލާލުއްދީން ސްކޫލް އޮތްއިރު، 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 20 ޕޮއިންޓާއެކު އެއް ވަނަ މަގާމްގައި އޮތީ ޝަރަފުއްދީން ސްކޫލެވެ.
މުބާރާތުގެ 11 އަހަރުން ދަށުގެ އަންހެން ކުދިންގެ އެއްވަނަ ހދ. އަތޮޅު ތައުލީމީ މަރުކަޒު 12ޕޮއިންޓް، 13 އަހަރުން ދަށުގެ އަންހެން ކުދިންގެ އެއް ވަނަ ހދ. އަތޮޅު ތައުލީމީ މަރުކަޒު 36 ޕޮއިންޓް، 15 އަހަރުން ދަށުގެ އަންހެން ކުދިންގެ އެއް ވަނަ ޖަލާލުއްދީން ސްކޫލް 23 ޕޮއިންޓް އަދި 17 އަހަރުން ދަށުގެ އަންހެން ކުދިންގެ އެއް ވަނަ ހިރިޔާ ސްކޫލް (މާލޭ ސިޓީ) 10 ޕޮއިންޓުން ވަނީ ހޯދާފައެވެ.
މި މުބާރާތުގައި ހަތަރު އުމުރުފުރާގެ ދެ ޖިންސުން 312 އެތުލީޓުން ވާދަކުރެ އެވެ.
އިންޓަ ސްކޫލް އެތުލެޓިކްސް މީޓުގައި މިއަދުވެސް 13 އިވެންޓެއް ކުރިޔަށް ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ