އަވިން ކަރަންޓް އުފެއްދޭނެ ނިޒާމެއް ހުޅުމާލޭގައި ގާއިމުކުރުމަށް ނިންމައިފި އެވެ.
އެޗްޑީސީން ބުނީ ވޯލްޑް ބޭންކާއި އެންވެޔަރަމަންޓް މިނިސްޓްރީން ގުޅިގެން ހިންގާ މި ޕްރޮޖެކްޓްގެ ދަށުން، 1.5 މެގަވޮޓްގެ ކަރަންޓް އަވިން އުފެއްދޭނެ ކަމަށެވެ.
އެޗްޑީސީން ބުނީ ސޯލާ ޕެނަލްތައް ހަރުކުރަން ހަމަޖެހިފައި ވަނީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ 1000 ހައުސިން ޔުނިޓްތަކުން ހޮވާލެވޭ ޔުނިޓްތަކުގައި ކަމަށެވެ. އަދި މަސައްކަތް ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ ކަމަށްވެސް އެޗްޑީސީން މައުލޫމާތުދެ އެވެ.
އެޗްޑީސީން ބުނި ގޮތުގައި ހުޅުމާލޭގައި އަވިން ކަރަންޓް އުފައްދަން ބޭނުންވާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ކުންފުންޏަކާއި ސުވިޓްޒަލެންޑްގެ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ހުޅުމާލޭ ރިނިއުބަލް އެނާޖީ ކޮމްޕެނީއާ އެވެ.
ހުޅުމާލޭގައި އަވިން ކަރަންޓް އުފެއްދުމަށް ބޭނުންވާ ޕެނަލްތައް މިހާރު ގެނެސްފައިވާ ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.
ހުޅުމާލޭގައި އަވިން ކަރަންޓު އުފައްދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ