ހުޅުމާލެ އާއި މާލޭ ކަރަންޓު ވިއުގައަކުން ގުޅައިލުމަށް ހަދާ ބޮޑު އިންޖީނުގޭގެ ބިންގާ ރައީސްް އަޅުއްވައިދެއްވައިފި

ހުޅުމާލެ އާއި މާލޭ ކަރަންޓުގެ ވިއުގަ އަކުން ގުޅައިލުމަށް ހުޅުމާލޭގައި ގާއިމް ކުރެވޭ "ފިފްތް ޕަވަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ބިންގާ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަޅުއްވައިދެއްވައިފިއެވެ.
މި މަޝްރޫއުގެ ދަށުން ހުޅުމާޅޭގައި ގާއިމް ކުރަން ހަމަޖެހިފައި ވަނީ، ނުވަ މެގަވޮޓްގެ ހަ އިންޖީނުގެ މައްޗަށް އެކުލެވޭ، 50 މެގަވޮޓްގެ ކަރަންޓް އުފައްދައިދޭ ސްޓޭޝަނެެކެވެ. މި މަޝްރޫޢަކީ ޗައިނާގެ ޑޮންގްފަންގ އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާއި ސްޓެލްކޯ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢު ފުރިހަމަވުމުން މާލެ، ހުޅުލެ، އަދި ހުޅުމާލެ ސަރަހައްދަށް މި ޕަވަރ ޕްލާންޓުން ކަރަންޓު ފޯރުކޮށްދެވޭނެއެވެ. މާލެ އަށް އެ ޕްލާންޓުން ޚިދުމަތް ދޭނީ ހުޅުލެ އާއި މާލެއާ ދެމެދު އަޅާ ބްރިޖް މެދުވެރިިކޮށް މާލެ އާއި އެ ޕްލާންޓް ކޭބަލުން ގުޅާލައިގެންނެވެ.
ސްޓެލްކޯއިން ބުނީ މި މަޝްރޫއާއެކު ފިއުލް ފާމް އަދި ވޯޓާ ޑީސެލިނޭޝަން ފެސިލިޓީއެއް ގާއިމުކުރާނެކަމަށެވެ.
މުޅި މަޝްރޫއަށް 104 މިލިއަން ޑޮލަރު ހަރަދުވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ