ފުލުހަކަށް އިންޒާރު ދީގެން އިއްޔެ ހައްޔަރުކުރި ދެ މީހުން ކޯޓުން ދޫކޮށްލައިފި

ފުލުހަކަށް މަރުގެ އިންޒާރު ދިންކަމުގެ ތުހުމަތުގައި އިއްޔެ މާލެ އިން ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ކޯޓުން މިއަދު އެ މީހުން ދޫކޮށްލައިފިއެވެ.
ކްރިމިނަލް ކޯޓުން ދޫކޮށްލީ މާލޭގައި ފުލުހެއްގެ ގެ ކައިރިއަށް ގޮސް އޭނާއަށް މަރުގެ އިންޒާރު ދިން މައްސަލާގައި ހައްޔަރުކުރި ދެ މީހުންނެވެ.
އެ ދެ މީހުން ކޯޓުން ދޫކޮށްލީ އެ މައްސަލާގައި އިންޒާރު ދީފައިވަނީ ފުލުހަކަށް ކަމަށް ވާތީ އާއި މައްސަލަ ތަހުގީގު ކުރަނީ ފުލުހުން ކަމަށްވާތީ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ. އެހެން ނަމަވެސް ދޫކޮށްލުމުގެ ކުރިން އެ ދެ މީހުުންނަށް ވަނީ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށްފައެވެ.
އެ މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފަށް ހުށަހަޅަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދުމަށް ފުލުހުން މިހާރު ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ