ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ޗައިނާ އާއެކު ސޮއިކުރި ފްރީ ޓްރޭޑް އެއްބަސްވުން މިހާރު އޮތް ގޮތަށް ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުން ބޭނުންވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 
އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިއު އެއްގައި ނަޝީދު ވިދާޅުވީ ރާއްޖެއިން ޗައިނާއަށް އަދާ ކުރަން ޖެހޭ ދަރަނީ މިންވަރު އެގައުމުން ދަށްކޮށްދޭން ޖެހޭ ކަމަށާއި އެކަމުގައި އިތުރު ގޮތްތަކެއް ހޯދަން ސަރުކާރުން މަސައްކަތް ނުކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. 
"އަޅުގަނޑު އުއްމީދު ކުރަނީ އެމްޑީޕީ ސަރުކާރުން މަސައްކަތް ނުކުރާނެ ކަމަށް ޗައިނާއާ އެކު [ލޯނުގެ ކަންތައްތަކުގައި އެއްބަސްވާނެ] އިތުރު ގޮތްތަކެއް ހޯދަން. ޗައިނާ އިން ޖެހޭނީ ދަރަނީގެ މިންވަރު ހަގީގީ މިންވަރަކަށް ކުޑަކުރަން،" ދަ ހިންދޫ ނޫހުގައި ނަޝީދު ވިދާޅުވި ކަމަށް ލިޔެފައި ވެއެވެ. 
ޗައިނާ އާއެކު ވެފައިވާ އެއްބަސްވުންތަކުގެ މާލީ ގެއްލުންވާ ކަމަށް ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، އެހެން ނަމަވެސް ދެގައުމުގެ މެދުގައި އޮންނަނީ ރަނގަޅު ގުޅުމެއް ކަމަށެވެ.
    
    ޗައިނާ އާއެކު ވެފައިވާ ވިޔަފާރީގެ އެއްބަސްވުން އެގޮތަށް ބާއްވަން މަޖިލީހުން ބޭނުން ނުވެދާނެ: ރައީސް ނަޝީދު
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
                     
                     
                     
                     
                     
             
             
             
             
            