ނައިފަރު ޣުފްރާން މިސްކިތުގެ ކަރަންޓް ސޯލާ ހަކަތައަށް

ރާއްޖޭގެ މިސްކިތްތައް އިއާދަކުރަނިވި ހަކަތައިއިން ކަރަންޓް ދިނުމަށް އިސްލާމިކް މިނިސްޓްރީން މިހާރު ކުރިއަށްގެންދަ މަޝްރޫއުގެ ދަށުން ޅ. ނައިފަރުގައި ހުންނަ މަސްޖިދުލް ޣުފްރާން މިސްކިތުގަިއ ސޯލާ ޕެނަލް ހަރުކުރަން ބަޔަކާ ހަވާލުކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީގައި މިއަދު ހެނދުނު ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި އަވި ޓެކްނޮލަޖީއާއެކު ވަނީ ސޮއިވެސްކޮށްފައެވެ. އެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ހަސަން ޔާސިރުއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ އަހުމަދު ޒާހިރުއެވެ. ޖުމްލަ 745،734.33 ރުފިޔާއަށް އެ މަސައްކަތް ހަވާލުކުރީ އަށް ދުވަހުން ނިންމާގޮތަށެވެ. އެ މިސްކިތަކީ 900 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިއަދުގެ ރަސްމިއްޔާތުގައި އިސްލަމިކް މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވ ނައިފަރުގެ މިސްކިތުގައި ސޯލާ ޕެނަލް ހަރުކުުރުމުން އެ މިސްކިތުގެ ކަރަންޓްއަސް ކުރާ ހޭދައިގެ 50 ޕަސެންޓް ކުޑަކުރެވިގެންދާނެ ކަމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ 10 މިސްކިތެއްގައި އިއާދަހަކަތަ ބޭނުންކޮށްގެން ހަކަތަ އުފެއްދުން ކަމަށެވެ. އަދި މިހާތަނަށް ދެ ރަށެއްގެ މިސްކިތުގައި ސޯލާ ޕެނަލް ހަރުކޮށް ނިންމާފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ. އެ ދެ ރަށަކީ ފ. ދަރަނބޫދޫއާއި ހއ. ބާރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ