ގާދިއްފުށީގައި ފެނާއި ނަރުދަމާ އަޅަން އެމްޓީސީސީއަށް

ތ. ގާދިއްފުށީގައި ފެނާއި ނަރުދަމާ އަޅަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އާ ހަވާލުކޮށްފި އެވެ.
ނެޝަނަލް ޕްލޭނިން މިނިސްޓްރީގައި މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގައި މި އެއްބަސް ވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކޮށްފައިވަނީ، ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރި މަސައްކަތުގެ ދަށުން މި ރަށުގެ ފެނާއި ނަރުދަމާ ނިޒާމު ފަރުމާ ކުރުމާއި ރަށުގައި ފެނާއި ނަރުދަމާގެ ވިއުގަ އެޅުމުގެ އިތުރުން، އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކު ބެހެއްޓުމުގެ އިތުރުން ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން ހިމެނެއެވެ.
މި މަޝްރޫއު ދެ އަހަރު ދުވަހަށް ނިންމަން ދީފައިވާއިރު އަގަކީ 21 މިލިއަން ރުފިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ