ޕާޓީ އޮފީސް ދޮރުމަތީ ޓޭޕު ދެމިޔަސް ނުހުއްޓުވޭނެ- އިދިކޮޅު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އޮފީސް ކުރިމަތީގައި ޓޭޕު ދެމިޔަސް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްއިން އިސްލާމް ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާ ދެކޮަޅަށް އަޑު އުފުލުން ހުއްޓައިނުލާނެ ކަމަށް އިދިިކޮޅުން ބުނެފިއެވެ.ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި އެމްޑީއެން އުވާލައި އެޖަމިއްޔާގެ މެމްބަރުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން އެއްވުމެއް ބޭއްވުމުން، ފުލުހުން ވަނީ އެގޮތަށް އެކަން ނުކުރެވޭނެކަން އަންގައި އެ ސަރަހައްދުގައި ޓޭޕް ދަމައި ބަންދުކޮށްފައެވެ. އެކަމާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކިތަންމެ ވަރަކަށް ޓޭޕް ދެމިޔަސް ސަރުކާރު ޖަވާބުދާރީ ކުރުވަން ކުރާ މަސައްކަތް ހުއްޓައިނުލާނެ ކަަމަށެވެ. އަދި ވަކިން ހާއްސަކޮށް އެމްޑީއެންގެ ދިފާއުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރާ މަސައްކަތް އިދިކޮޅު ކޯލިޝަނުން އަޑު އުފުލަމުންދާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި ފުލުހުން ޓޭޕު ދެމުމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިޔާގައި އެކަމާއި ދެކޮޅަށް ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން ބައެއް މީހުން ބުނެފައިވާ ގޮތުގައި ޕީޕީއެމްގެ އޮފީސް ކުރިމަތީގައި އެއްވެ ނުތިބެވޭނެ ކަމަށް އެންގީ އެމްޑީއެން އާ ދެކޮޅަށް އަޑުއުފުލުން ހުއްޓުވުމުގެ ގޮތުންކަމަށެވެ.އެކަމާ ގުޅޭގޮތުން ފުލުހުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ. އިސްލާމްދީނާއި ހިލާފު ގިނަ ވާހަކަތަކެއް އެކުލެވޭ އެމްޑީއެންގެ ރިޕޯޓު ނެރުމުން ގިނަ ބަޔަކު ދަނީ އެ ޖަމިއްޔާ އުވާލުމަށް ގޮވާލަމުންނެވެ. އޭގެ ތެރޭގައި ސަރުކާރަށް ނިސްބަތްވާ ފަރާތްތައް ވެސް ހިމެނެއެވެ. ގިނަ ބައެއްގެ ޕްރެޝަރު ސަރުކާރަށް ކުރިމަތިވުމުން ވަނީ އެމްޑީއެން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައެވެ. އެހެން ނަމަވެސް ސަރުކާރުގެ މަގާމުތަކުގައި އެމްޑީއެންގެ އިސް ބޭފުޅުން އަދިވެސް އެބަތިއްބެވިއެވެ.
Kithammevarakah tape dhemiyas sarukaaru javabdhaaree kuruva haassakoh ladheenee MDN ge dhifauga RIMS kura masakkai kuvverikoh PPM-PNC in adu ufulaane. #BanMDNޕީޕީއެމް އޮފީސް ކުރިމަތީގައި ނުތިބެވޭނެ ކަމަށް އަންގައި އެ ސަރަހައްދުގައި ފުލުހުން ޓޭޕް ދަމައިފި https://t.co/bNvbvKX9as— Ahmed Shiyam (@Shiyamaldives) October 26, 2019
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ