ދިވެހިރާއްޖެގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަޤާމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަށް ހުށަހެޅުއްވި ޑްރަގު ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދުގެ ނަންވެސް ރައްޔިތުންގެ މަޖްލީހަށް ފޮނުވަން ޖޭއެސްސީ އިން ރައީސަށް ލަފާއަރުވައިފިއެވެ.ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖްލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިންނެވެ. ޖޭއެސްސީ އިން ނިންމީ މަހާޒާއި ދިޔާނާއަކީ "ހައިލީ ރިކޮމެންޑެޑެ" ދެ ބޭފުޅުންކަމަށެވެ. އަދި ދެން ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި، ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ޝުއައިބު ޒަކަރިއްޔާ އަކީ "ރިކޮމެންޑެޑެ" ބޭފުޅުންކަމަށްވެސް ވަނީ ލަފާ އަރުވާފައެވެ.ސުޕްރީމް ކޯޓަށް އާ ފަނޑިޔާރަކު މި އައްޔަން ކުރަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) މަގާމުން ވަކިކުރުމުން އޭނާގެ ބަދަލުގަ އެވެ.
މިލިޔުން ކިޔާލުމުން
100 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ސުޕްރީމް ކޯޓަށް އައްޔަން ކުރަން ދިޔާނާ އާއި މަހާޒުގެ ނަންވެސް ހުށަހަޅަން ރައީސަށް ލަފާއަރުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ