ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޣަނީ މަޤާމުން ވަކިކުރަން މަޖިލިހުން ފާސްކޮށްފި

ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަކިކުރަން މިއަދު ރައްޔިތުން މަޖިލިހުން ނިންމައިފިއެވެ.ފަނޑިޔާރު ޣަނީ މަޤާމުން ވަކިކުރުމަށް ޖޭއެސްސީއިން ނިންމައި، އެނިންމުން މަޖިލިހަށް ފޮނުވުމުން، މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީއިން ނިންމާފައިވަނީ ޖޭއެސްސީގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމުގައެވެ. އެނިންމުމުގެ މައްޗަށް ބިނާކޮށް ފަނޑިޔާރު ޣަނީ މަޤާމުން ވަކިކުރުމަށް ނިންމާފައިވަނީ މަޖިލިހުގެ 64 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ފަނޑިޔާރު ޣަނީ ވަކިކުރުމަށް ޖޭއެސްސީއިން ނިންމާފައިވަނީ ސުލޫކީ މައްސަލަތަކެއް ސާބިތުވެފައިވާ ކަމުގައި ބަލާފައެވެ. ފަނޑިޔާރު ޣަނީ މަޤާމުން ވަކިކުރުމުން ސުޕްރީމް ކޯޓުގައި އިސްލާމީ ޝަރީޢަތުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައި ހުންނެވި ޢަރަބި ތަޢުލީމުގެ އެއްވެސް ބޭފުޅެއް މިހާރު ނުހުންނަވާނެއެވެ. ޣަނީއަކީ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީއިން ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގުރީ ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަކިކުރުމަށް ޖޭއެސްސީއިން ނިންމާފައިވަނީ ސުޕްރީމު ކޯޓުން ޖޭއެސްސީގެ ބާރުތައް ޤާނޫނާ ޚިލާފަށް ހަނިކުރުމުގައި ބައިވެރިވެވަޑައިގެންނެވި ކަމުގައި ނިންމަވާފައެވެ. އަދި މަޖިލިހުގެ 12 މެންބަރެއްގެ ދުސްތޫރީ ހައިސިއްޔަތު ގެއްލޭ ގޮތަށް ޢަމަލުކޮށްފައިވާ ކަމުގައިވެސް އެކޮމިޝަނުންވަނީ ނިންމާފައެވެ. އަދި އެހުރިހާ ކަމަކީ ސުލޫކީ މައްސލަތަކެއްގެ ގޮތުގައި ކޮމިޝަނުން ކަނޑައަޅާފައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ