ޕީޕީއެމްގެ ބާރުތައް އަނބުރާ ހޯދުމަށް ރައީސް މައުމޫން ހުށަހެޅުއްވި މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ޕީޕީއެމްގެ ބާރުތައް ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ އަތްޕުޅުން އަނބުރާ ހޯދުމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސުވލް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓުން މިއަދު ބޭރުކޮށްލައިފިއެވެ.
ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ކުރެއްވި ހުކުމުގައި ބުނެފައި ވަނީ ޕާޓީގެ ކައުންސިލްގެ ނިންމުން ބާތިލް ކުރަން މައުމޫން ހުށަހެޅުއްވި މައްސަލައިގައި ހިމެނޭ ކަންކަމަކީ ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށް ކުރިން ކުރި ހުކުމުގައި ގޮތެއް ކަނޑައަޅާފައިވާ ކަންތައްތަކެވެ. އެ ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ތާއީދު ކޮށްފައިވާތީ އެ މައްސަލަ އަލުން ބެލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެ މައްސަލަ ބަލައިގަތީ ވެސް ކޯޓުގެ އިހްތިސާސްގެ ބޭރުން ކަމަށް ގާޒީ މުހައްމަދު ހަލީމް ކުރެއްވި ހުކުމުގައިވެ އެވެ.
ޕީޕީއެމްގެ ހިންގުން ރައީސް އަބްދުﷲ ޔާމީންއާ ހަވާލު ކުރުމަށް ސިވިލް ކޯޓުން އަމުރު ކުރީ ރައީސް އަބްދުﷲ ޔާމީން އަށް ތާއިދު ކުރައްވާ ދެ މެމްބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ. އަދި އޭގެ ފަހުން ޕީޕިއެމް ކައުންސިލުގެ ބައްދަލުވުމެއް ރައީސް ޔާމީންގެ ބެލުމުގެ ދަށުން ބާއްވަން ކުރި އަމުރުގެ ދަށުން ބޭއްވި ބައްދަލުވުމުގައި ޕީޕީއެމް ހިންގުމުގެ ހުރިހާ ބާރެއް ގައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވެން ދެން ރައީސް ޔާމީނާ ހަވާލު ކުރަން ވަނީ ފާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ