އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް މިއަންނަ މަހުގައި

މައިލޯ 19 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 30 ސްކޫލުން ވަނީ ބައިވެރިވާން ހަމަޖެހިފައެވެ.
މި މުބާރާތުގައި ވާދަކުރާ ސްކޫލްތަކަކީ ހދ. ކުޅުދުއްފުށި ޖަލާލުއްދީން ސްކޫލް, ކަލާފާނު ސްކޫލް, ހާފިޒް އަހްމަދު ސްކޫލް, ހުވަދޫ ސްކޫލް, އަމީނިއްޔާ ސްކޫލް, ހިތަދޫ ސްކޫލް, ތާޖުއްދީން ސްކޫލް, އިސްކަނދަރު ސްކޫލް, ޖަމާލުއްދީން ސްކޫލް, ހިރިޔާ ސްކޫލް, ފޭދޫ ސްކޫލް, އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް, ދަރުމަވަންތަ ސްކޫލް, އައްޑޫ ހައި ސްކޫލް, ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލް, ޒިކުރާ އިންސްޓިޓިއުޓް, ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް, ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް, މަޖީދިއްޔާ ސްކޫލް, އަފީފުއްދީން ސްކޫލް, މަދުރަސަތުލް ޝައިޙް މުހައްމަދު ޖަމާލުއްދީން, ފުވައްމުލަކު ސްކޫލް, ޢާޒީ ސްކޫލް, ދ, އަތޮޅު މަދަރުސާ, ގދ. އަތޮޅު މަދަރުސާ, ހުވަދޫ ސްކޫލް, ތިނަދޫ ސްކޫލް, ގދ. އަތޮޅު ތައުލީމީ މަރުކަޒު, ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން އަދި ޏ. އަތޮޅު ތައުލީމީ މަރުކަޒެވެ.
އަންނަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ފަސް ވަނަ ދުވަހަށް މި މުބާރަތް ބާއްވަންވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ފަސް އުމުރުފުރާއަށް އަދި ދެ ޖިންސުން ޖުމްލަ 104 އިވެންޓް ކުރިޔަށްގެންދާނެއެވެ. ވާދަކުރާ އުމުރުފުރާ ތަކަކީ 11, 13, 15, 17 އަދި 19 އަހަރުން ދަށުގެ އުމުރު ފުޜާތަކެވެ.
އެތްލެޓިކްސް މުބާރަތަށް ޓީމް ހުށައެޅުމުގެ އެންމެ ފަހު ތާރީޙަކީ މިމަހު 21 ވަނަ ދުވަހު މެންދުރު 14:00 ކުރިން ކަމަށް އެތްލެޓިކްސް އެސޯސިއޭޝަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ