މެރުމަށް ޙުކުމްކޮށްފައިވާ މީހުންގެ މައްސަލަތައް ސްޕްރީމް ކޯޓުން ފައިޞަލާކޮށް މެރުމަށް ޙުކުމް އިއްވާތާ 30 ދުވަހުގެތެރޭގައި އެމީހަކު ދަންޖައްސައި މަރުގެ ޙުކުމް ތަންފީޒުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
އަލްކައުނު ޓީވީއަށް ދެއްވި އިންޓަރވިޔުއެއްގައި ޢުމަރު ނަޞީރު ވިދާޅުވީ ކުރިން މަސައްކަތް ކުރެވުނީ ލީތެލް އިންޖެކްޝަން ޖަހައިގެން މެރުމަށް ނަމަވެސް ދަންޖައްސައި މެރުމަށް ބަދަލުކުރެއްވީ ޤައުމުތަކުގެ ތަޖުރިބާއަށް ބެއްލެވުމަށްފަހުގައި ކަމަށެވެ. "އެކަމަށް ބޭނުންވާ އިންތިޒާމުތައް މިހާރު ހުންނާނީ ހަމަޖައްސައިފަ."
ޢުމަރު ނަޞީރު މިއަދުވެސް ވިދާޅުވީ ކުށްކުރުން ހުއްޓުވޭނީ މަރުގެ އަދަބު ތަންފީޒުކުރެވިގެން ކަމަށާއި އެއީ ގިނަ ބައަކު ބަލައިގެންފައިވާ ކަމެއް ކަމަށެވެ. "މަރުގެ އަދަބު ދިނުން ހުއްޓައިލި ބައެއް ޤައުމުތަކުން ވެސް މިހާރު އަންނަނީ އަލުން އެކަން ފަށަން މަސައްކަތްކުރަމުން."
"ރަނގަޅު ވާހަކައެއް. މަރުގެ އަދަބު ތަންފީޒު ކުރިނަމަވެސް ކުށްކުރޭ. ތަންފީޒުކުރާ ޤައުމުތަކުގައިވެސް ކުށްކުރޭ. ނަމަވެސް ޤަބޫލުކުރަންޖެހެނީ މަރުގެ އަދަބުދޭނަމަ ކަންކަން ކޮންޓްރޯލު ކުރެވޭނެ،" ކަމަށް ކަމުގައިވެސް ޢުމަރު ނަޞީރު ވިދާޅުވިއެވެ.
ސްޕްރީމް ކޯޓުން ނިންމާތާ 30 ދުވަސްތެރޭ ދަންޖައްސާނަން: ހޯމް މިނިސްޓަރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ