ރަކުރީގެ ނައިބް ރައީސް އަހްމަދު އަދީބް 15 ދުވަސް ވަންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވީ ނަމަވެސް އެމައްސަލައިގެ ސުޕްރީމް ކޯޓަށް ނުދިއުމަށް އަދީބް ގާނޫނީ ޓީމުން ނިންމައިފި އެވެ.
އަދީބްގެ ގާނޫނީ ޓީމުން ބުނީ އަދީބް ކޯޓުގައި ބަހައްޓަން ދިން 15 ދުވަހުގެ މުއްދަތު ހަމަވާ ދެތިން ދުވަހަށް ވެފައިވާތީ ސުޕްރީމް ކޯޓަށް ނުދިއުމަށް ނިންމީ ކަމަށެވެ.
ރިޔާސީ ލޯންޗްކޮޅުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އެއްޗެއް ގޮއްވާލި މައްސަލައިގެ ތުހުމަތުގައި އަދީބް ހައްޔަރުކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އެވެ. އަދި އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން 15 ދުވަސް ދިނީ މިދިޔަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކުރީ މިމަހުގެ ދެވަނަ ދުވަހު އެވެ. އެހެންކަމުން އަދީބް ބަންދުގައި ބަހައްޓަން ދިން 15 ދުވަހުގެ މުއްދަތު ކުރިއަށް އޮތް ހޯމަ ދުވަހު ހަމަވާނެ އެވެ.
އަދީބްގެ އަރިސް ބޭފުޅެއް ކަމުގައިވާ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމި މައްސަލައަށް ވެސް ހައިކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. މިމައްސަލައިގެ ސުޕްރީމް ކޯޓަށް ނުދިއުމަށް ނިންމާފައިވާއިރު ޒިޔަތުގެ ބަންދުގެ މުއްދަތު މާދަމާއަށް ހަަމަވާނެ އެވެ.
އަދީބްގެ ބަންދުގެ މައްސަލާގައި ސުޕްރީމް ކޯޓަށް ނުދިއުމަށް އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން ނިންމާފައިވާއިރު އެ ޓީމުން މިއަދު ބުނީ ނައިބް ރައީސް ކަމުން އަދީބް ވަކިކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާއި ދޭތެރޭ ވިސްނަމުންދާ ކަަމަށްވެސް ބުންޏެވެ.
ޙޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އަދީބް ހައްޔަރުކުރެއްވީ ދިވެހި ދައުލަތަށް "ގައްދާރުވުމުގެ" ތުހުމަތުގައި ކަމަށެވެ.
އަދީބްގެ ބަންދުގެ މައްސަލާގައި ސުޕްރީމް ކޯޓަށް ނުދާން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ