ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލުގެ ފަހު މަރުހަލާގެ ބަހުސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަށާނެ

10:00އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލާއި ލޯކަލް ކައުންސިލްތަކުގެ ބިލުގެ މަސައްކަތް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ މުއްދަތު އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގަރާރެއް ހުށަހަޅައިފި އެވެ.މިގާރާރު ހުށަހަޅުއްވަމުން ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ، ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލާއި ލޯކަލް ކައުންސިލްތަކުގެ ބިލުން ބާއްވަންޖެހޭ އިންތިހާބުތައް 2009 ވަނަ އަހަރުގެ ޖުލައި މަހުގެ އެކެއްގެ ކުރިން ބާއްވައި ނިންމަންވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވީނަމަވެސް އެ މުއްދަތަށް މަސައްކަތް ނިމިފައިނުވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު މިމަހުގެ ނިޔަލަށް ނިމި މެންބަރުންނަށް ޗުއްޓީ ދިނުމުން އެ މަސައްކަތް އިތުރަށް ލަސްވެގެންދާނެތީ ގާނޫނުއަސާސީގައި ބުނެފައިވާ އެ މަސައްކަތް އަވަސްކޮށް އެ ދެ ބިލުގެ މަސައްކަތް ނިމުމުން މެންބަރުންނަށް އެއްމަސް ދުވަހުގެ ޗުއްޓީއެއް ދޭގޮތަށް މި ގަރާރު ފާސްކޮށްދެއްވުން އެދި މަޖިލީހުގެ ގަވާއިދުގެ ދަށުން ހުށަހެޅުއްވީ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ