ހިތަދޫ ޒެފިއާ ޖަމިއްޔާއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ "އޮންދިގޯ ޒެފިއާ ފުޓްސަލް ކަޕް"ގެ ފައިނަލް މެޗް މިއަދު ހަވީރު ބާއްވަން ނިންމައިފިއެވެ.
ޒެފިއާގެ އިސް އޮފިޝަލަކު ބުނީ މިއަދު ހަވީރު 4:30ގައި އީދިގަލި ކިޅި ދަނޑުގައި ފައިނަލް މެޗް ކުރިއަށްދާ އިރު ރާއްޖޭގެ ފްރީ ސްޓައިލް ދެ ހުނަރު ވެރިން ބައިވެރިވެ، އެމީހުންގެ ހުނަރު ދައްކާލުން އޮންނާނެކަމަށެވެ.
ޒެފިއާ ފުޓްސަލްގެ ފައިނަލަށް ދަތުރުކޮށްފައިވަނީ އެފްސީ ސުއްޓާ ލައިން އާއި އެފްސީ އުސްގަނޑައެވެ. މި މެޗަށް ދެޓީމުން ފުރިހައަށް ތައްޔާރުވެފައިވާ އިރު މިއަދުގެ ފައިނަލް މެޗް ފޯރިގަދަވާނެ ކަމަށް ބެލެވެއެވެ.
ޒެފިޔާއިން އިންތިޒާމް ކުރާ މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އޮންދިގޯއެވެ. ކޯ ސްޕޮންސަރުންނަކީ އައްޑޫ ސިޓީ ކައުންސިލް އަދި ދިރާގެވެ. މީޑިއާ ޕާޓްނާ އަކީ އައްޑޫލައިވްއެވެ.
    
    ޒެފިއާ ފުޓްސަލް ކަޕް ފައިނަލް މިއަދު ހަވީރު
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ