ޓީއެމްއޭ އާއި އެމްއޭސީއެލްގެ މުއާމަލާތް ހިންގާފައިވަނީ ކުރީ ސަރުކާރުން - ރައީސް ނަޝީދު

ޓީއެމްއޭ އާއި އެމްއޭސީއެލްގެ މުއާމަލާތްތަައް ހިންގާފައިވަނީ ކުރީ ސަރުކާރުން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓީއެމްއޭ އާއި އެމްއޭސީއެލްގެ މުއާމަލާތްތައް ކުރިއަށް ގެންގޮސްފައިވަނީ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށާއި މިކަމަށް އަވަސް ހައްލެއް ނުހޯދިއްޖެނަމަ ރަންވޭ ހުޅުވުން ލަސްވެގެން ހިނގާދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މީގެ ސަބަބުން ޓީއެމްއޭއަށް ބޮޑު ބަދަލެއް ދޭން ޖެހުން ގާތް ކަމަށް ވެސް ނަޝީދުގެ ޓުވިޓަރގައި ވިދާޅުވެފައިވެއެވެ.
އެގޮތުން ސަރުކާރާއި ޓީއެމްއޭއަށްވެސް އެންމެ ފައިދާ ހުރި އެއްބަސްވުމަަކަށް އައުން ވަރަށް ބޭނުންތެރި ކަމަށާއި މި މުއާމަލާތްތަކުގައި ގޯސް ހެދި ފަރާތްތައް ހޯދާ އަވަސް ތަހުގީގެއް ފަށަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ