ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އަހަރަކަށްވުރެ އަހަރެއް ނިސްބަތުން އިތުރުވަމުން އަންނާތީ އެކަން ފާހަގަކޮށް ކޮންމެ މީލާދީ އައު އަހަރަކާއި ދިމާކޮށް ސަރުކާރުން ބާއްވާ ބޮޑު ޝޯވ "ވެލްކަމް 2018" ގައި ބައިވެރިވުމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ރާޙަތު ފަޠަޙް ޢަލީ ޚާން ރާއްޖެ އަތުވެއްޖެއެވެ.
މިރޭ ކާނިވާ ޞަރަޙައްދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޝޯވ އަށް ރާޙަތު މާލެ އައީ މިއަދު 12 ޖަހާ އެހާކަން ހާއިރުއެވެ.
1974 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު އުފަންވި، ޕާކިސްތާނުގެ މަޝްހޫރު މިއުޒިކީ ފަންނާނު ރާހަތު ފަޠތަޙް ޢަލީ ޚާން އަކީ ކްލެސިކަލް މިއުޒިކަށް ލޯބިކުރާ ފަންނާނެކެވެ. އޭނާގެ ކުޅަދާނަކަން ފެނިގެން ދަނީ މިއުޒިކްގެ ރިތި ހަމަތަކަށް އަތުރާލަމުން އަންނަ ހިތްގައިމު ޣައްވާލީ ތަކާއި ޣަޒަލް ޖޯންރާތަކުންނެވެ.
މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އާއި ޓުއަރިޒަމް މިނިސްޓްރީ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ އާއަހަރު ޝޯގައި ބައިވެރިވުމަށް މިކާ ސިންގް އިއްޔެ ވަނީ ރާއްޖެ އައިސްފައެވެ. މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޝޯގައި ބޮލީވުޑްގެ މަޝްހޫރު ތަރި ބިޕާޝާ ބާސޫ އާއި އޭނާގެ ފިރިމީހާ ކަރަން ސިންގް ބައިވެރިވާނެ ކަމަށް މީގެ ކުރިން ބުނި ނަމަވެސް އެ ދެ ފަންނާނުން މިރޭގެ ޝޯގައި ބައިވެރިނުވާނެކަމަށް ޝޯ އިންތިޒާމުކުރާ ފަރާތުން ވަނީ ހާމަކޮށްފައެވެ.
"ވެލްކަމް 2018" އަށް ރާޙަތު ފަޠަޙް ޢަލީ ޚާން ރާއްޖެ އަތުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ