ސްޓެލްކޯގެ ސަބްޓޭޝަން ފޮއްޓެއްގައި ރޯވެ މާލޭ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެއެވެ.
ސްޓެލްކޯ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރޭ ފަތިހު 04:30 އެހާ ކަން ހާއިރު ހިނގި މިހާދިސާގައި ސަބަބުން ގަލޮޅުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވާކަމަށެވެ.
އަލިފާން ރޯކޮށްލާފައިވަނީ ފާށަނާކިލެގެފާނު މަގުގައި ހުންނަ ސްޓެލްކޯގެ އިލެކްޓްރިކް ސަބް ސެޓޭޝަނެއްގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައެވެ. ސްޓެލްކޯއިން ބުނީ މީ ގަސްތުގައި ބަޔަކުކޮށް ކޮށްފައިވާ އަމަލެއްކަމަށް ބެލެވޭކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު އެ ސްޓޭޝަންގެ އެއް ޑިސްޓިރިބިއުޝަން ފޮށި ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ. މިހާދިސާގައި އަނދާފައި ވަނީ މާލޭގެ ހަތް ޒޯނަކަށް ކަރަންޓް ދޭ ޑިސްޓްރިބިއުޝަން ފޮއްޓެއްކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯއިން ބުނީ ސަބްޓޭޝަން ފޮށްޓަށް ލިބިފައިވާ ގެއްލުން ބަލަމުންދާކަމަށާއި ކަރަންޓް ކެނޑިފައިވާ ގެތަކަށް ވީ އެންމެ އަވަހަކަށް ކަރަންޓް ގެ ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
މިހާދިސާ މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރު ދަނީ ތަޙުޤީގު ކުރަމުން ދާއިރު، މި މައްސަލާގައި ދެމީހަކު ފުލުހުން ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ލިބެއެވެ.
ކަރަންޓް ފޮއްޓެއްގައި ރޯކޮށްލުމުން މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ