މެމްބަރު ޝިޔާމް ހާލުދެރަވެގެން އެޑްމިޓްކޮށްފި

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު ޝިޔާމުގެ ސިއްހީ ހާލުކޮޅު ގޯސްވެ އޭޑީކޭގައި އެޑްމިޓްކުރައްވައިފިއެވެ.
ޝިޔާމްގެ ހާލުދެރަވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިންނަވަނިކޮށެވެ.
ޕީޕީއެމް/ ޕީއެންސީގެ އިސް ތަރުޖަމާނު ހީނާ "ވޮއިސް" އަށް މައުލުމާތު ދެއްވަމުން ވިދާޅުވެފައިވާގޮތުގައި ޝިޔާމް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ހުންގަދަވުމުގެ ސަބަބުންނެވެ. ޝިޔާމަށް ސްޓްރޯކެއް ޖެހުނުކަމަށް ބައެއް މީޑީއާތަކުގައި ފަތުރާ ހަބަރު ހީނާ ވަނީ ދޮގުކުރައްވާފައެވެ.
ޝިޔާމްގެ ސިއްހީ ހާލުކޮޅާމެދު އިތުރު ތަފްސީލެއް އެޕާޓީން ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ