ކަރަންޓު އުފެއްދުމުގައި މި ސަރުކާރަށް ރެކޯޑެއް!

މި ސަރުކާރު ވެރިކަމާ އައުމާ ހަމައަށް، މިދިޔަ 72 އަހަރުގެ ތެރޭގައި، ރަށްރަށުގައި ކަރަންޓު އުފެއްދުމުގެ ގާބިލްކަން ހުރީ 153 މެގަވޯޓާ ހަމައަށް ކަމަށާއި އެކަމަކު މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި އެ ރަށްރަށުގައި 180 މެގަވޮޓްގެ ކަރަންޓު އިތުރަށް އުފެއްދުމުގެ ގާބިލްކަން ހޯދާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
މާދަމާ ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ކެމްޕޭން ނިންމުމަށް، އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކަރަންޓު ގާއިމްކުރުމުގައި މިހާބޮޑު ތަފާތެއް ނެރެފައި އޮތުމުން އެއީ ރައްޔިތުން ވިސްނައިލަން ޖެހޭ ކަމެއް ކަމަށެވެ.
ރައީސް ވަނީ، ކަރަންޓު އުފެއްދުމުގައި މިހާބޮޑު ކުރިއެރުމެއް ހޯދި ގޮތުގެ ތަފްސީލު ދެއްވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވިގޮތުގައި އަލަށް ގެނައި 176 ޖަނަރޭޓަރުގެ އެހީއާއެކު، އަދި އަލަށް ވަޅުވި 402,303 މީޓަރުގެ ކޭބަލާއި ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުންދާ އިންޖީނުގެތަކުގެ އެހީ އާއި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދައިގެން، ރާއްޖޭގެ ރައްޔިތުންނަށް 24 ގަޑިއިރު، ކަރަންޓުގެ ޔަގީންކަން ވަނީ ހޯދައިދީފަ އެވެ.
ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ކަރަންޓަށް ގެނައި އިންގިލާބު
- ރާއްޖެ ގެނައި ޖަނަރޭޓަރުގެ އަދަދު- ރަށްރަށަށް 176، މާލެ އަށް 5
- މުޅިން އަލަށް ވަޅުލި ކޭބަލްގެ އަދަދު- 402،303 ރަށްރަށުގައި
- ނިމިފައިވާ އިންޖީނު ގޭގެ އަދަދު- 20
- އެކި މަރުހަލާތަކުގައި ހުރި އިންޖީނުގެތައް، 45
- 2018 ވަނަ އަހަރު ނިމުނު އިރު، ކަރަންޓު އުފެއްދޭ މިންވަރު- 153.99 މެގަވޮޓް، ރަށްރަށުގައި.
104.4 މެގަވޮޓް، މާލޭގައި
- ވޭތުވެ ދިޔަ ދެ އަހަރު ކަރަންޓު އުފެއްދޭ މިންވަރު- 333.51 މެގަވޮޓް، ރަށްރަށުގައި
152.9 މެގަވޮޓް މާލޭގައި
ރާއްޖޭގައި ކަރަންޓުގެ ހިދުމަތް، ސްޓެލްކޯ އާއި ފެނަކައިން ދެމުން އަންނައިރު، އެންމެ ގިނަ މަޝްރޫއުތައް ހިންގާފައި ވަނީ ފެނަކައިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ