ގއ. ކޮނޑޭ ކައުންސިލްގެ ރައީސްއަކު ހޮވުމަށް އެ ރަށުގައި ބެހެއްޓި ވޯޓުފޮށިތަކުގެ ނަތީޖާ އަލުން ގުނުމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
Advertisement
އެޕްރީލް 10ވަނަ ދުވަހު ބޭއްވި އިންތިހާބާއި ބެހޭގޮތުން ހުށަހަޅާފައިވާ އެމައްސަލައަކީ ސައްހަ ވޯޓު ބާތިލު ވޯޓުގެ ގޮތުގައި އަދި ބާތިލު ވޯޓު ސައްހަ ވޯޓުގެ ގޮތުގައި ގުނާފައިވާކަމަށް ތުހުމަތުކުރެވޭ ކަމަށް ބުނެ، ކޮނޑޭ ކައުންސިލްގެ ރައީސް އިންތިހާބުކުރުމަށް ބެހެއްޓުނު ތިން ވޯޓުފޮށި، ގާނޫނުގައިވާ ގޮތުގެ މަތީން އަލުން ގުނައިދިނުމަށް ހުކުމްކޮށްދެއްވުން އެދި ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ކޮނޑޭ ހެލެގެލި، ޝުއައިބު މުހައްމަދުދީދީގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.އިލެކްޝަންސް ކޮމިޝަންއަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ މިމައްސަލާގައި ގޮތެއް ނިންމުމަށް މިއަދު ބޭއްވި އަޑުއެހުމުގައި، ހައިކޯޓުން ނެރުނު ހުކުމުގައި ބުނެފައިވަނީ، ބެލި ބެލުމުން ތިން ވޯޓުފޮށީގެވެސް ހާއްސަ ސެކިއުރިޓީ އުރަ ކަނޑަންޖެހޭ ހާލަތެއް ދިމާވެފައިވާކަމަށް އެމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާގުވެވިފައިވާތީ، ކައުންސިލްތަކުގެ އިންތިހާބުގެ ގަވާއިދުގެ 50 ވަނަ މާއްދާގެ 3 ވަނަ ނަންބަރަށް ރިއާޔަތްކޮށް ކޮނޑޭ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް ބެހެއްޓުނު، ތިން ވޯޓުފޮށީގެ ހާއްސަ ސެކިއުރިޓީއުރަ ކަނޑައި، އެ ވޯޓުފޮށިތަކުގެ އެންމެހައި ވޯޓެއް ގުނާ، އަލުން ނަތީޖާ ކަނޑައެޅުމަށް، އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.ކޮނޑޭގެ ކައުންސިލް އިންތިހާބުގެ އޭރުގެ ނަތީޖާއިން ކުރި ހޯދައިގެން ރައީސް ކަމަށް އިންތިހާބު ވެފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުލްހަކީމެވެ. މި އިންތިހާބީ ޝަކުވާ ހުށަހެޅި، އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓް ޝުއައިބު ނުހޮވުނީ އެންމެ ވޯޓެއްގެ ފަރަގަކުންނެވެ.ކޮނޑޭ ކައުންސިލްގެ ވޯޓު ގުނިގޮތާއި ގުޅޭގޮތުން ކޯޓަށް ހުށަހެޅިފަައިއޮތް މައްސަލައާއި ގުޅިގެން އެ ކައުންސިލްގެ ހުވާކުުރުން އޮތީ މަޑުޖައްސާލާފައެވެ.ހައިކޯޓުގެ ހުކުމާއިއެކު ވޯޓުފޮށީގެ ހާއްސަ ސެކިއުރިޓީއުރަ ކަނޑައި، އެ ވޯޓުފޮށިތަކުގެ އެންމެހައި ވޯޓެއް ގުނާ، އަލުން ނަތީޖާ ކަނޑައެޅުމަށް، އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ތައްޔާރުވެފައެވެ. އެގޮތުން ސިޓީއުރަ ކެޑުން ކުރިއަށްދާނީ މާދަމާ ހެނދުނު 10:00ގައި އިންތިހާބާއި ބެހޭ މަރުކަޒުގައެވެ.
ކޮނޑޭ ކައުންސިލްގެ ވޯޓު އަލުން ގުނުމަށް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ