މާލޭ ސިޓީގެ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރ އާމިނަތު ޔުމްނާ ޕީޕީއެމްއަށް ސޮއިކުރައްވައިފިއެވެ.
މިއަހަރުގެ އެޕްރީލްމަހުގެ ތެރޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ ކައުންސިލަރގެ މަގާމަށް އާމިނަތު ޔުމްނާ އިންތިޚާބުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓެއްގައެވެ. އެއީ ކައުންސިލްގައި އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ ގޮނޑިއަކަށް ވާދަކޮށްގެންނެވެ.
ޔުމްނާ ކައުންސިލަށް ހޮވިފައިވަނީ 433 ވޯޓާއެކުގައެވެ. އޭނާއާއި ދެކޮޅަށް ވާދަކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް ފާތިމަތު ސަމީރެވެ.
ޔުމްނާ ޕީޕީއެމްއަށް ސޮއިކޮށްފައިވަނީ މިއަދެވެ. ޕީޕީއެމް-ޕީއެންސީގެ އޮފީހުގައި އޮތް ހަފްލާއެއްގައި އޭނާގެ މެންބަރޝިޕް ފޯމް ވަނީ އެ ކޯލިޝަންގެ ވަގުތީ ލީޑަރ އަބްދުއްރަހީމް އަބްދުﷲ އާއި ހަވާލުކޮށްފައެވެ.
މިއާއިއެކު މާލޭ ސިޓީ ކައުންސިލްގައި ޕީޕީއެމްގެ 12 ކައުންސިލަރުން ތިބޭނެއެވެ.
މާފަންނު އުތުރު ދާއިރާގެ ކައުންސިލަރ ޔުމްނާ ޖޭޕީ ދޫކޮށް ޕީޕީއެމްއަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ