ބަޔާން މިއުނިކާއެކު ހަދާފައިވާ ކޮންޓްރެކްޓް 2018 ވަނަ އަހަރު ހަމަވުމުން ފުޓްބޯޅަ ކުޅުން ހުއްޓާލާނެ ކަމަށް ފިލިޕް ލާމް ބުނެފިއެވެ.
މިވަގުތު އަނިޔާގައި ހުރި ލާމް ސްޕެއިންގެ ނޫހަކަށްދިން އިންޓަވިއުއެއްގައި ބުނީ ބަޔާންއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ 2018 ވަނަ އަހަރު ކަމަށާއި އަދި އޭރު އޭނާއަށް ހުންނާނީ 34 އަހަރުވެފައި ކަމަށްވުމުން އެއީ ކުޅުން ހުއްޓާލަން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރާ ކަމަށެވެ.
ކެރިއަރުގެ އެއްވެސް ހިސާބަކުން ގަތަރު ނުވަތަ އެމެރިކާގެ ޓީމަކުން ނުފެންނާނެ ކަމަށާއި ބޭނުންވަނީ މިހާރު ކުޅެމުންދާ ޓީމާއެކު މަތީ ފެންވަރުގެ ފުޓްބޯޅަ ކުޅެންކަމަށް ވެސް ލާމް ބުންޏެވެ.
"އަހަރެން ބޭނުން ކުޅުން ހުއްޓާލުމުގެ ކުރިން އަދި އެއްފަހަރު ބަޔާންއާއެކީ ޗެމްޕިއަންސް ލީގެއް ކާމިޔާބުކުރަން. އަހަރެންގެ އެންމެ ބޮޑު އަމާޒަކީ ވެސް އެއީ. އަހަންނަށް ހީވަނީ އެކަން މި ސީޒަނުގަ ވެސް ކުރެވިދާނެހެން" ލާމް ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި ބަޔާންއާ ވާދަކުރަން ތިބި ޓީމުތަކަކީ ރެއާލް މެޑްރިޑް، ބާސެލޯނާ، ޕީއެސްޖީ އަދި ޗެލްސީ ކަމަށާއި އެ ޓީމުތަކުން ތެރެއިން އެންމެ ކުޅެން ބޭނުންވަނީ ޗެލްސީއާ ދެކޮޅަށް ކަމަށްވެސް ލާމް ބުންޏެވެ.
2002 ވަނަ އަހަރުން ފެށިގެން ބަޔާންއަށް ކުޅެމުން އަންނަ ލާމް ވަނީ މިހާތަނަށް އެޓީމަށް 400 އަށް ވުރެ ގިނަ މެޗު ކުޅެދީފަ އެވެ. އަދި އޭނާ ވަނީ އެޓީމާއެކު ޖަރުމަނު ލީގު އަދި ޖަރުމަނު ކަޕް 6 ފަހަރު ހޯދާ ޗެމްޕިއަންސް ލީގެއް ވެސް ކާމިޔާބުކޮށްފައެވެ.
މަސްދަރު: ގޯލްޑޮޓްކޮމް
2018 ވަނަ އަހަރު ރިޓަޔާ ކުރާނަން – ލާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ