ރައްޔިތުން މަޖިލީހުގެ ރައީސް އަށް ގާސިމް ހެދުމަކީ އަމާޒެއް – ނަޝީދު

ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ އާއި ދެމެދު އުފެދިފައިވާ ޖޮންއިންޓް ކޮމިޝަންގެ އަމާޒު ތަކުގެ ތެރޭގައި ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމަށް ގެނައުން ހިމެނޭ ކަމަށް އެމްޑީ÷ީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް އަށް ނަޝީދު ހުށަހެޅުއްވި މައްސަލައިގެ ބަހުސްގެ ފަހު ފުރުސަތުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އަމާޒުތަކުގެ ތެރޭގައި މިނިވަން މުއައްސަސާތައް ބަދަލުކުރުން ވެސް ހިމެނޭ ކަމަށެވެ.
އަދި އިހްތިޖާޖް ކުރުން ވެސް ހިމެނޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒު ތަކުގެ ތެރޭގައި ބެރިކޭޑްގައި މުޒާހަރާ ކުރުން ހިމެނޭ. އަޅުގަނޑު މެންބަރުންނަށް ޔަގީންކަންދޭން ބޭނުން ވަނީ އަޅުގަނޑު މާވަރުގަދަ ވާނެ އޭ މާފުށީ ޖަލު ބްލޮކް ސީ ގައި." ނަޝީދު ވިދާޅުވި އެވެ.
ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިރޭ ކުރިން ނަޝީދު ވިދާޅުވެފައި ވަނީ އަންނަ ހަފްތާތެރޭގައި އެމަނިކުފާނު ޖަލަށް ލާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ