ކުޑަކުދިންނާއި ސްކޫލް ކުދިންނަށް ބަސް ދަތުރު ހިލޭ

ކުޑަކުދިންނާއި ސްކޫލް ކުދިންނަށް މާލެ އާއިހުޅުމާލެ އާއި ދެމެދު ހިލޭ ބަސް ދަތުރު ކުރެވޭނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން ބުނެފިއެވެ.
މާލެއާއި ހުޅުމާލެއާދެމެދު ބަސް ދަތުރުގެ ހިމަތްދޭންފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. ނަމަވެސް މިއަދާ ހަމައަށް އެހިދުމަތް ދެމުން އައީ އެއްވެސް އަގަކާނުލައެވެ.
މިއަދުން ފެށިގެން ބަސް ދަތުރުތަކަށް ފީ ނަގަންފެށުމާގުޅިގެން އެމްޕީއެލްއިން ބުނީ ބަސްދަތުރުތަކުން ފީ ނެގިނަމަވެސް ކުޑަކުދިންނަލާއި ސްކޫލް ކުދިންނަށް ބަހުން ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ. ނަމަވެސް ސްކޫލް ކުދިންނަށް ހިލޭ ދަތުރުކުރެވޭނީ ސްކޫލް ޔުނިފޯމްގައި ކަމަށްވެސް އެމްޕޫއެލް އިން ބުނެއެވެ.
އެމްޕީއެލްއިން މާލެ އާއި ހުޅުމާލެ އާއި ދެމެދު ބަސް ދަތުރަކަށް 10 ރުފިޔާ ނަގަން ނިންމާފައިވާ އިރު ފީ ނެގުމަށް ހަމަޖެހިފައިވަނީ އެކަމަށް ހާއްސަ "ޓަޗްލިންކު" ކާޑު މެދުވެރިކޮށެވެ.
ރީލޯޑުކޮށްގެން ބޭނުންކުރެވޭ ޓަޗްލިންކު ކާޑު މާލޭގެ މައި ބަސް ޖަގަހަ އަދި ހުޅުމާލެ މައި ބަސް ސްޓޮޕުން 20 ރުފިޔާއަށް ގަންނަން ލިބޭނެކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
އެމްޕީއެލްއިން ބުނީ ފަތިހު 5:35 އިން ފެށިގެން ކޮންމެ 5 މިނިޓަކުން ބަސް ދަތުރު އޮންނާނެކަމަށާއި، ޖުމްލަ ނުވަ ސްޓޮޕަކަށް ބަސް މަޑު ކުރާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ