މިހާތަނަށް ރާއްޖޭގައި އެޅޭ އެންމެ ބޮޑު ސްކޫލްކަމުގައިވާ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލް މާދަމާ ހެނދުނު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާ މި ސްކޫލް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ވޮއިސްއަށް މައުލޫމާތު ދެއްވަމުން ހުރަވީ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް އަބްދުﷲ ރަޝީދު ވިދާޅުވީ މާދަމާ އެ ސްކޫލްގެ ކިޔެވުން ފެށޭނީ 700 އަށްވުރެ ގިނަ ދަރިވަރުންނާއި އެއްކޮށް ކަމުގައެވެ. އަދި ސްކޫލަށް ބޭނުންވާ ޓީޗަރުން ހަމަވެފައިވާކަމަށް ރަޝީދު ވަނީ ފާހަގަކުރައްވާފައެވެ.
ހުރަވީ ސްކޫލްގައި 53 ކްލާސްރޫމް ހުންނާނެއެވެ. އެ ސްކޫލްގެ ކުލަޔެއްގެ ގޮތުގައި ބޭނުންކުރަމުންދަނީ ފެހިކުލައެވެ.
ހުރަވީ ސްކޫލަކީ ޕްރީސްކޫލްެއިން ފެށިގެން އޭލެވެލްއާއި ހަމައަށް ތައުލީމް ފޯރުކޮށްދިނުމަށް ގާއިމްކުރެވިފައިވާ ސްކޫލެކެވެ. ހުރަވީ ސްކޫލް ހުޅުވާއިރު އެލްކޭޖީން ފެށިގެން ގްރޭޑް 9 އަކަށް ކިޔަވައިދެމުންދާނެއެވެ.
ރާއްޖޭގެ އެންމެ ބޮޑު ސްކޫލް، ހުރަވީ ސްކޫލް މާދަމާ ހުޅުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ