ދެން އެންމެ ބޮޑު މުޒާހަރާއެއް ބާއްވާނީ އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް- އުމަރު ނަސީރު

އިންޑިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރާއި ހެލިކޮޕްޓަރުތައް ރާއްޖޭގައި އޮޕަރޭޓްކުރަން ތިބޭ އިންޑިޔާ ސިފައިންގެ މައްސަލައިގައި ސިޔާސީ އެކި ބޭފުޅުން އެއް ގަލަކަށް ނާރައި އެކި ބޭފުޅުންގެ ޝުއޫރުތައް މިކަމުގައި ދަނީ ފާޅުކުރަމުންނެވެ.މިގޮތުން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ ދެން (ރާއްޖޭގައި) ބާއްވާ އެންމެ ބޮޑު މުޒާހަރާ ބާއްވާނީ އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ކަމަށެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިކަމާ ގުޅިގެން ދެއްކެވި ވާހަކަތަށްވެސް އުމަރު ވަނީ ދޮގުކުރަށްވައިފައެވެ.މިގޮތުން ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ "ޑިފެންސް މިނިސްޓްރީން އެ ވިދާޅުވަނީ ދެ ހެލިކޮޕްޓަރު އެ އޮންނަނީ ތިމަންނަމެންގެ ކޮމާންޑުގެ ދަށުގައޭ. ތިމަންނަމެންގެ ހުއްދައެއް ނެތިއްޔާ ނުއެއް އުދުހެވޭނެއޭ. ތިމަންނަމެން ބުނާ ތަނަކަށޭ ޖައްސާނީ. ތިމަންނަމެންނޭ ސަވައިލެންސް މަސައްކަތުގައި ވެސް ބައިވެރިވަނީ." ޝާހިދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ